A wide advertisement which will be shown on all devices. (700 x 100)

ޒިކުރާ އިންސްޓިޓިއުޓުން ކުއްލިއްޔާއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފުވައްމުލަކު ޒިކުރާ އިންސްޓިޓިއުޓާއި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ހެދުނު ސޮއިކުރެވުނު މިއެއްބަސްވުމަކީ ފުވައްމުލަކުގައި އަރަބި ކިޔަވައިދިނުމާއި ދީނީގޮތުން މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށް ކުއްލިއްޔާއިން ހާމަކުރެއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ވަނީ ކުއްލިއްޔާގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޒިކުރާ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އިންސްޓިޓިއުޓްގެ ސީއީއޯ މުހައްމަދު ވަހީދެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މި އެއްބަސް ވުމުގެ ސަބަބުން ފުވައްމުލަކުގައި، ކުއްލިއްޔާގެ ކޯސްތަކަށް ކިޔެވުމުގެ މަގުތަށް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ފުވައްމުލަކުގައި ކުއްލިއްޔާގެ ގޮތްޕެއް ހުޅުވުމަކީ ވަރަށް ބޮޑަށް ދެކިލައްވާ ހުވަފެނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޒިކުރާ އިންސްޓިޓިއުޓާ އެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފުވައްމުލަކަށް ބޭނުންވެފައިވާ ދީނީ ކޯސްތައް ހިންގުމުގައި އެހީތެރި ވެދޭނެ ކަމަށް ކުއްލިއްޔާއިން ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !