A wide advertisement which will be shown on all devices. (700 x 100)

މަންދުކޮލެޖުން ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މަންދުކޮލެޖު އިން ބޭރުގެ ބައެއް ޔުނިވާސިޓީތަކާއި އެކު ސޮއިކުރަނީ: ފޮޓޯ: މަންދު ކޮލެޖު

މަންދުކޮލެޖުން ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ލަންޑަން ސްކޫލް އޮފް ކޮމަރސް ގްރޫޕް އޮފް ކޮލެޖަސް ގެ ވެސްޓް މިންސްޓަރ އިންޓަރނޭޝަނަލް ކޮލެޖްއާއި އެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަންދުކޮލެޖުން ވިދާޅުވީ ވެސްޓްމިންސްޓަރ އިންޓަރނޭޝަނަލް ކޮލެޖް (މެލޭޝިއާ) ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީގެ އޮނަރސް ޑިގްރީ ޙާޞިލުކުރެވޭނެކަމަށެވެ.

“މިއެއްބަސްވުމުގެ ދަށުން މަންދު ކޮލެޖުގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ބިޒްނަސް ސްޓަޑީސް ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވިގެންދިޔަ ހަމަމިއާއެކު، މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް ބެޗްލަރސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރވުމުގެ ފުރުޞަތު ލިބޭނެ” މަންދުކޮލެޖުން ވިދާޅުވިއެވެ.

މަންދު ކޮލެޖުންވަނީ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއިއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެދަށުން މަންދު ކޮލެޖްގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ފުރިހަމަ ކުރާ ދަރިވަރުންނަށް ޔޫ.ކޭ ޑިގްރީ ޓްރާންސްފަރ ޕްރޮގްރާމްގެ ދަށުން އިނިގިރޭސިވިލާތުގެ އެންމެ މަޤްބޫލު ޔުނިވަރސިޓީތަކުން މާސް ކޮމިއުނިކޭޝަން، ބިޒްނަސް ސްޓަޑީސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، ފައިނޭންސް އަދި ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާއިން ދަރިވަރުންނަށް ތަޢު ލީމާއި ތަމްރީނު ދިނުމަށްޓަކައި މެލޭޝިއާގެ އެސް. ޖީ އެކަޑަމީއާއެކުވެސް ވަނީ މި ރަސްމިއްޔާތުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މަންދުކޮލެޖުން އިތުރަސް ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ސިޓީ އެންޑް ގިލްޑްސް ގެ ސަނަދުތައް ލިބުމުގެ މަގު ފަހިވެފައިވާ ކަމަށާއި މި ރަސްމިއްޔާތުގައި މެލޭޝިއާގެ މަހްސާ ޔުނިވަރސިޓީއާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މަންދު ކޮލެޖުގެ ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މަހްސާ ޔުނިވަރސިޓީގެ ހެލްތް ސައިންސް ދާއިރާތަކުން (ނަރސިންގް، ބަޔޮމެޑިކަލް ސައިންސަސް، އެންވަޔަރަމަންޓަލް ހެލްތް އެންޑް ސޭފް ޓީ، މެޑިކަލް އިމޭޖިންގް، ޕިޒިއޮތެރަޕީ، މެޑިސިން އަދި ފަރމަސީ) ބެޗްލަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.

ދިވެހި ތަޢުލީމު ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށް މަންދު ކޮލެޖުން އެޅި ފިޔަވަޅުގެ ސަބަބުން އެއް ޔުނިވަރސިޓީއިން އަނެއް ޔުނިވަރސިޓީއަށް އިތުބާރު ހުރިގޮތެއްގައި ދަރިވަރުންނަށް ބަދަލުވުމުގެ ފުރު ޞަތު ފަހިވުމުގެ އިތުރުން، އެއް ޔުނިވަރސިޓީއިން ނިންމާ ކޯސްތަކުގެ ކްރެޑިޓް އަނެއް ޔުނިވަރސިޓީއަށް ބަދަލު ކުރުމުގެ ފުރުޞަތު ހޯދައިދެވިފައިވެއެވެ. މަންދު ކޮލެޖުގެ އަމާޒަކީ މި އެއްބަސްވުންތަކުގެ ސަބަބުން ފަސޭހަކަމާއެކު ޢިލްމާއި ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމުގެ މަގު ފަހިވެގެން ދިއުމެވެ. މި އެއްބަސްވުންތަކުގެ ދަށުން ދަރިވަރުން ޝައުގުވެރިވާ ތަފާތު ގިނަ ދާއިރާތަކަކުން މަތީ ތަޢު ލީމު ޙާޞިލުކުރުމު ގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ. މަންދު ކޮލެޖުން އަލަށް އެޅި މި ފިޔަވަޅާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައިހުރި ކޮންމެ ދަރިވަރަކަށް ވެސް ރާއްޖޭގެ އަސްދަ ނޑިން ބޭރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަ ތުވަނީ ފަހިވެފައެވެ. މިފިޔަވަޅާއެކު، ރާއްޖޭގައި ފަރުމާކޮށް ގެން ހިންގާ ކޯހެއް، ބޭރުގެ ޔުނިވަރސިޓީތަކުން ޤަބޫލުކުރާ ރާއްޖޭގެ ފުރަތަމަ މަތީތަޢުލީމުގެ މަރުކަޒަށް މަންދު ކޮލެޖް ވެގެންދާކަމީ ކޮލެޖަށް ލިބޭ ފަޚުރެއްކަމަށްވެސް މަންދުކޮލެޖުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !