A wide advertisement which will be shown on all devices. (700 x 100)

ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ދަށު ކޯޓުން ދޫކޮށްލާފައިވަނިކޮށް ބަންދުކުރުމަށް ހައިކޯޓުން އަމުރު ކޮށްފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފޮޓޯ: ޕޮލިސް

ފުވައްމުލަކުގައި ކުޑަކުދިންތަކަކާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ދަށު ކޯޓުން ދޫކޮށްލާފައިވަނިކޮށް އަލުން ބަންދުކުރުމަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 53 އަހަރުގެ މީހާގެ މައްސަލައަކީ، 2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން ތަފާތު 3 ކުއްޖަކާ ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2014 ޖުލައި 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
” އޭނާ ދޫކޮށްލާފައިވަނީ، 5 ވަނަ ފަހަރަށް މުއްދަތު އިތުރު ކުރުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ޙަޟިރު ކުރުމުން 2014 އޯގަސްޓް 31 ވަނަ ދުވަހު” ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި، އޭނާ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި، އަދި އޭނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، އޭނާ 2014 ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !