A wide advertisement which will be shown on all devices. (700 x 100)

ސިޔާސީ ކުށްވެރިންގެ ލިސްޓުގައި ފުވައްމުލަކުގެ 53 މީހަކު

ފުވައްމުލަކުގައި ކުރިޔަށް ދިޔަ ސިޔާސީ ޙަރަކާތެއް

އެމްޑީޕީން އާއްމުކޮށްފައިވާ ސިޔާސީ ކުށްވެރިންގެ ލިސްޓުގައި ފުވައްމުލަކުގެ 53 މީހަކު ހިމެނެއެވެ. އޭގެތެރޭގައި މިހާރު ކޯޓުގައި މައްސަލަ އޮތް 9 މީހަކާއި ހައްޔަރުކުރެވި ތަހުގީގު ހިންގައި އަދި ދައުވާ އުފުލި ނުވާ 44 މީހަކު ހިމެނެއެވެ.

މިހާރު ސަރުކާރާއި އެމްޑީޕީއާއި ދެމެދު ދެކެވެމުންދާ ވާހަކަތަކުގެ އެއް ނާރެހަކީ ސިޔާސީ ކުށްވެރިން ދޫކުރުމެވެ. އެގޮތުން، އެޕާޓީން އެދެނީ ސިޔާސީ ކުށްވެރިންގެ ގޮތުގައި މިހާރު އާއްމުކޮށްފައިވާ ލިސްޓް އިތުރަށް ފުރިހަމަ ކުރުމެވެ. އެގޮތުން ލިސްޓުގައި ނުހިމެނޭ ސިޔާސީ ކުށްވެރިން އެޕާޓީއަށް މިމަހުގެ 20ގެ ކުރިން އެންގުމަށް އިއުލާންކޮށްފައި ވެއެވެ. މިހާރު އާއްމުކޮށްފައިވާ ލިސްޓަކީ 2012 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ސިޔާސީ އެކިކަންކަމުގެ ތެރެއިން ހައްޔަރުކުރެވިފައިވާ ފަރާތްތައް ކަމަށް އެޕާޓީން ހާމަކުރެއެވެ.

ތަފާތު ތިން ބަޔަކަށް ހިމެނޭ މިލިސްޓުގައި ޖުމްލަ 1639 މީހުން ހިމެނެއެވެ. އެއީ މިހާރު ކޯޓުގައި މައްސަލަ އޮތް 282 މީހެއްގެ މައްސަލައާއި، ހުކުމް ކުރެވިފައިވާ 15 މީހެއްގެ މައްސަލައާއި ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ތަހުގީގު ނިމިފައިވާ 1332 މީހެއްގެ މައްސަލައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !