22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ހޯދަޑު ސީކްއީން ވޮލީޓީމު- ރަންދުވަސްވަރު.

ރަޙުމަތްތެރިކަމުގެ ވޮލީ މެޗުން މޮޅުވީ ސީކްއީން ޓީމު

ފިތުރު އީދުގެ އުފަލުގައި ސ.ފޭދޫ އަންހެން ވޮލީ ޓީމަކާއި ފުވައްމުލަކު ހޯދަޑު ސީކްއީން އަންހެން ވޮލީޓީމު ކުޅުނު އެކުވެރިކަމުގެ މެޗް 3-0 ސެޓުން ސީކްއީން ޓީމު ކާމިޔާބުކޮށްފިއެވެ. މިމެޗް ކުޅެވުނީ ހޯދަޑު ވޮލީކޯޓުގައެވެ.

މިމެޗްގެ ސެޓްތައް ސީކްއީން ޓީމުން ހޯދާފައިވަނީ 25-16، 26-24، 25-11 އިންނެވެ.

 ފޭދޫގެ މިޓީމު މިއަދު އަނބުރާ ރަށަށް ފުރާނެއެވެ.

މީގެ އިތުރުން ސ.މީދޫގެ ފިރިހެން ވޮލީޓީމަކާއި ސީ ކިންގް ބައްދަލުކުރާ އެކުވެރިކަމުގެ ވޮލީމެޗެއް މިއަދު ހަވީރު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިމެޗް ވެސް ކުޅެން ހަމަޖެހިފައިވަނީ ހޯދަޑު ވޮލީކޯޓުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު