A wide advertisement which will be shown on all devices. (700 x 100)

މަލީހު ޖަމާލް ޕީޕީއެމްއިން ވަކިވެވަޑައިގެންފި !

ޕީޕީއެމް ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ކަން ކުރެއްވި، މަލީޙް ޖަމާލް ޕީޕީއެމްއިން ވަކިވެވަޑައިގެންފިއެވެ.

މަލީޙް ޕީޕީއެމްއިން ވަކިވެ ވަޑައިގެންފައިވަނީ، ރާއްޖޭގެ ބިން ބިދޭސިންނަށް މިލްކު ކުރެވޭ ގޮތަށް ޤާނުނޫ އަސާސީއަށް ގެނައި އިސްލާހާއި މެދު ހިތް ހަމަނުޖެހިގެންނެވެ.

“ޕީޕީއެމް އިސްވެ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ، މިލްކު ކުރެވޭގޮތަށް ޤަނޫނު އަސާސީ އިސްލާހު ކޮއްފައިވާތީ މިއަދުން ފެށިގެން އެ ޕާޓީން އަޅުގަނޑު ވަކިވެއްޖެއިން” މަލީހް ވިދާޅުވިއެވެ. 

މަލީހަކީ މިމަހު 21 ވަނަ ދުވަހު މަގާމުން ވަކިކުރެއްވި، ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ދެބެއިންގެ ދެދަރި ކޮއްކޮއެކެވެ. އަދި މިސަރުކާރު ގެނައުމުގައި ކުރީގެ ނައިބް ރައިސް ޖަމީލް އާއި އެކު އަވަދިނެތި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 20 މެއި 2015 ވަނަ ދުވަހު ކުއްލި ގޮތަކަށް ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ މަގާމުން މަލީޙް ވަނީ ވަކިކުރެއްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !