A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބުގެ އެންމެ މުހިންމު ދުވަސްވަރު ނިހާން އުޅުއްވީ ފޮތިވިއްކަން – މަލީހު

މިދިޔަ ރިއާސީ އިންތިޚާބުގެ އެންމެ މުހިންމު ދުވަސްކޮޅު ނިހާން ނުނިދާ އުޅުއްވީ ސްރީލަންކާއިން ފޮތި ގެނެސް އެވިއްކުމުގައި ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. ޓްވިޓާ މެދުވެރިކޮށް މިއަދު މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ “ނުނިދާ ރިއާސީ އިންތިޚާބުގެ އެންމެ މުހިންމު ދުވަސްވަރު ކެމްޕެެއިން ކުރުމުގެ ބަދަލުގައި އެމްޕީ ނިހާނު އުޅުއްވީ ލަންކާއިން ފޮތި ގެނެސް ދަމާކަނޑަން” ކަމަށެވެ.

މިދިޔަ ރިއާސީ އިންތިޚާބުގައި އެންމެ ބުރަކޮށް ކެމްޕެއިން ކުރެއްވި މަލީހު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަން އިއްޔެ ހާމަކުރުމަށްފަހުއެވެ. މަލީޙް ޕީޕީއެމްއިން ވަކިވެ ވަޑައިގެންފައިވަނީ، ރާއްޖޭގެ ބިން ބިދޭސިންނަށް މިލްކު ކުރެވޭ ގޮތަށް ޤާނުނޫ އަސާސީއަށް ގެނައި އިސްލާހާއި މެދު ހިތް ހަމަނުޖެހިގެންނެވެ.

ޕީޕީއެމް އަށް ވަނުމަށްފަހު މަގާމުން ދުރުކުރުމާއި ހަމައަށް މަލީހު ފާހަގަވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އަވަދިނެތި އުޅުނު ފަރާތެއްގެ ގޮތުގައެވެ. އެގޮތުން ގިނަ އަދަދެއްގެ ފުޓްސަލް ދަނޑުތަކާއި ޒުވާނުންނަށް ޚާއްސަ ގެޓްސެޓް ޕްރޮގްރާމެއްވަނީ ފަށާފައެވެ.

މެއީ 20 ވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން ދުރުކުރި ކުރީގެ ޔޫތު މިނިސްޓަރ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރާއި ދެކޮޅަށް ބަހުގެ ހަމަލާތައް ރައްދު ކުރަން ފަށާފައިވަނީ ނާއިބު ރައީސް މުހައްމަދު ޖަމީލް ޖުލައި 21 ވަނަ ދުވަހު މަގާމުން ދުރު ކުރިފަހުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !