A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ކައުންސިލްގެ ރައީސް ޕީޕީއެމްއަށް ސޮއިކޮށްފި

އަލީ ވަސީމް ހުސައިން މިއަދު ޕީޕީއެމްއަށް ސޮއިކުރިރަސްމިއްޔާތު. ފޮޓޯ: އަލީ ވަސީމް ފޭސްބުކް ޕޭޖް

ފުވައްމުލަކު ފުނާޑު ރަށު ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި ކައުންސިލްގެ ރައީސް އަލީ ވަސީމް ހުސައިން (ޗަންޕާ) މިއަދު ޕީޕީއެމް އަށް ސޮއިކޮށްފިއެވެ. އެއިގެ އިތުރުން ފުވައމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު އަބްދުﷲ ވެސް މިރަސްމިއްޔާތުގައި ޕީޕީއެމަށް ސޮއިކުރިއެވެ.

އަލީ ވަސީމް ޕީޕީއެމްއަށް ސޮއިކުރުމުގެ ރަސްމިއްޔާތުއޮތީ މިއަދު މެންދުރުގެ ވަގުތެއްގައި މުލިއާގޭގައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްﷲ މަސީހް މުހައްމަދުވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި ފުވައްމުލަކު އުތުރު ދާއިރާ އާއި މެދު ދާއިރާގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފުވައްމުލަކުގެ ޕީޕީއެމް އަށް ނިސްބަތްވާ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލަކުގައި އަށް ރަށުކައުންސިލާއި އަތޮޅު ކައުންސިލެއް އޮންނަ އިރު އޭގެ ތެރެއިން އެންމެ ކައުންސިލެއް ފިޔަވައި ދެން ހުރިހާ ކައުންސިލެއްގައިވެސް އޮންނަނީ އެމްޑީޕީ މެޖޯރިޓީއެވެ. އަދި ޖުމްލަ 30 ކައުންސިލަރުންގެ ތެރެއިން މިހާރު ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލަރުންގެ ޖުމްލަ އަދަދަކީ 7 އެވެ. ކުރިން އެމްޑީޕީ ޓިކެޓްގައި ހޯދަޑު ކައުންސިލަށް އިންތިހާބުވި އަސްލަމް (ކަސްޓަމާ) ވެސް ޕީޕީއެމް އަށް ސޮއިކޮށްފައިވެއެވެ.

އަތޮޅު ކައުންސިލްގައި ހިމެނޭ ބައެއް މެމްބަރުންވެސް ޕީޕީއެމްއަށް ސޮއިކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. ނަމަވެސް އަލީ ވަސީމް ހުސައިން ސޮއިކުރި ގަޑީގައި އަތޮޅު ކައުންސިލްގެ މެމްބަރުން ތިއްބެވީ ކުރީގެ ރައީސް ނަޝީދުގެ ގެކޮޅުގައި އެމަނިކުފާނާއި އެކު ބައްދަލުވުމެއްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !