A wide advertisement which will be shown on all devices. (700 x 100)

ޑެޕިއުޓީ ޕްރިންސިޕަލުން އަދި ވައްކެއް ނުކުރޭ – ވަޒީފާ އުވުނީ – އާމިނަތު

ހާފިޒު އަހުމަދު ސްކޫލް ކުދިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތެއްގައި

ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުން ވަކިވިކަން ސިވިލް ސާވިސް ކަމިޝަނުން އަންގާފައި ނުވާކަމަށާއި ނަމަވެސް އެވަޒީފާ އުވާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވާފައި ވާކަމަށް ހާފިޒު އަހުމަދު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ކުރިން ހުންނެވި އާމިނަތު އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

އާމިނަތު މިހެން ވިދާޅުވީ މިކަލް ނޫހުގައި ޝާއިއުކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އާމިނަތު މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އޭނާއަށް ފޮނުވާފައި ވަނީ އޭނާ ހުރި މަގާމު އުވާލެވުނު ކަމުގެ ސިޓީއެކެވެ. އޭނާ ވަޒީފާއިން ވަކިކުރިކަމެއް އަންގާފައެއް ނުވާ ކަމަށެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި އާމިނަތު މިއަދު ހޭޒަށް ވަޒީފާއަށް ނުކުމެފައެއް ނުވެއެވެ.

މިކަލް ނޫހުގައި ޝާއިއުކުރި ރިޕޯޓަށް އާމިނަތުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ބަހެއް ވިދާޅުވާން އެއިރު ބޭނުންނުވީ ވަޒީފާގެ މައްސަލާގައި އެވަގުތު އަސަރުކޮށްފައި ހުރިލެއް ބޮޑުކަމުން ކަމަށް ފަހުން އާމިނަތު މިކަލްނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އާމިނަތު ދެކިލައްވާ ގޮތުގައި އިއްޔެގެ އެރިޕޯޓު “ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަނީ” ގައި އޭނާއާއި ގުޅޭ ގޮތުން ވަނީ ރަނގަޅު މައުލޫމާތުތަކެއް ނޫނެވެ. އެއީ އޭނާގެ އަގުވައްޓާލުމަށް ބަޔަކު ނޫހަށް ދީފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އޭނާ އެޑިއުކޭޝަން މިނިސްޓްރީގެ އެއްވެސް ފަރާތަކަށް ދެރަގޮތަކަށް، ހުތުރު ބަހުން މުއާމަލާތުކޮށްފައި ނުވާނެކަމަށެވެ. އަދި އާމިނަތު އެޑިއުކޭޝަނަށް ލިޔުނު ސިޓީއަށް ޖަވާބެއް ނުލިބި ވަނިކޮށް އެފަރާތުން ގުޅުމުން މުޅިންވެސް މަސައްކަތްކުރީ އޭނާއަށް އެވަޒީފާ ލިބޭތޯ ކަމަށް ވިދާޅުވިއެވެ. އެޑިއުކޭޝަނުގެ ސިޓީގައި ވާ މުއްދަތު، 31 ޖުލައި އަށް ހަމަވުމުގެ ކުރިން އާމިނަތު އިތުރަށް ކިޔަވައި މަގާމުގެ ޝަރުތު ފުރިހަމަ ކުރިކަމަށާއި އަދި އެވަގުތު ހޭޒްގެ ވަޒީފާގައި ހުރީ އޭނާކަމަށް ވުމުން، އެވަޒީފާ އޭނާއަށް ލިބުމަށް އެދެމުން ދިޔައީ އޭނާގެ ހައްގު ހޯދުމަށް އާމިނަތު ތަކުރާރުކުރިއެވެ. އަދި އެމައްސަލާގައި ދެކެވުނު ވާހަކަތަކުގެ ރެކޯޑިންގ ވެސް އާމިނަތުގެ އަތުގައި ހުރިކަމަށާއި އެރެކޯޑިން އާއްމުކުރަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ. 

“އެކަމަކު އަޅުގަޑު ބޮޑު ޚަރަދު ކޮށްގެން ހަދަމުން ދިޔަ ކޯސް (ކިޔަވަމުން) އައިސް (މަގާމުގެ) ޝަރުތު ހަމަވީމަ މިހެން ދިމާވުމުން… މިނިސްޓްރީން ގުޅާ ކޮންމެ ފަހަރަކު އަޅުގަނޑަށް ވާހަކަ ނުދެއްކިގެން ރު… ” އާމިނަތު ވިދާޅުވިއެވެ. 

ސިޔާސީގޮތުން ވަޒީފާގައި ހުރުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައި ނޯންނާނެ ކަމަށާއި، މިކަމުގައި އޭނާއަށް އެހީތެރިވުމަށް މުޅިންވެސް އުޅުނީ އާއިލާ މީހުންކަމަށެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ކުރިން އާމިނަތުއަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުވާން ހުށަހެޅުމުން ދޫކޮށްލެއްވި ހޭޒްގެ ލީޑިން ޓީޗަރުގެ މަގާމު އަލުން ލިބުމަށް އެދޭކަމުގެ އިޝާރާތެއް އާމިނަތުގެ ފަރާތުން  ވެފައިވާ ކަމަށްވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !