ފުވައްމުލަކުގައި 11 އަހަރުގެ ދަރިފުޅަށް ޖިންސީގޯނާކޮށްގެން 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކުން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ ފިރިހެނެކެވެ. އަދި އެފިރިހެންމީހާއަކީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ބައްޕަކަންވެސް އެގިފައިވެއެވެ. މިކަލް ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ދަރިފުޅަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދަޑިމަގު އަވަށުގެ މީހެކެވެ. އަދި އެފިރިހެންމީހާ އަކީ އާންމުކޮށް ރަށުން ބޭރުގައި ބޯޓް ދަތުރުކުރަން އުޅޭ މީހެއްކަންވެސް އެގިފައިވެއެވެ.
ފުވައްމުލަކުން މީގެ މަހެއްހާ ދުވަސްކުރިން ކުޑަ ދެ އަންހެންކުއްޖަކަށް މަސްތުވާތަކެތިދީ އަދި ގަދަކަމުން ހަށިވިއްކުވި މައްސަލައެއްގައިވެސް 20 މީހަކު ހައްޔަރުކޮށްފައިވެއެވެ.
+1
+1
ޚިޔާލުތައް