A wide advertisement which will be shown on all devices. (700 x 100)

އޯލެވެލް ގަދަ 10 އެއްގައި ޏ.އޭއީސީގެ 11 ދަރިވަރަކު، މުޅިރާއްޖެއިން 1 ވަނަގައި ޒިދާން

ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު އޭއީސީގެ ދަރިވަރުން. ފޮޓޯ: އޭއީސީ

މިދިޔަ އަހަރު ސާނަވީ އިމްތިހާނުގެ ގަދަ 10 އެއްގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީގެ) 11 ދަރިވަރަކު ހިމެނި މުޅިރާއްޖެއިން 1 ވަނަގައި އެސުކޫލްގެ ދަރިވަރު މުހައްމަދު ޒިދާން އަހްމަދު ހިމެނިއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މިދިޔައަހަރު ސާނަވީ އިމްތިހާނު ފުރިހަމަކުރި ‏‏އުއްތަމަ އަރުތަވެރިންނަށް އިނާމު ދެއްވުމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި މުޅި ރާއްޖެ އިން 1 ވަނައިގައި ހިމެނުނު ދަރިވަރުންގެ ތެރޭގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ފުވައްމުލަކު ވައްފަރު މުހައްމަދު ޒިދާން އަހްމަދު ހިމެނިފައިވެއެވެ. ޒިދާންގެ އިތުރުން ގަދަ 10 ގެ 2 ވަނައިގައި ހިމެނެނީ ބޮންތި މުއިޒް އަނީސް އެވެ. ހަތަރުވަނާގައި ހިމެނެނީ ފާތުމަތު ސަރާ ވަހީދު، ހައްމާދު ހުސައިން ރަޝީދު، ޚަދީޖާ ނާޒް އަލީ އެވެ. ހަ ވަނައިގައި ހިމެނެނީ މުހައްމަދު އަނޫފް ފަހުމީއެވެ. ނުވަ ވަނައިގައި ހިމެނެނީ ޚަދީޖާ ޒާއިން މުހައްމަދު، މަރިޔަމް ސަދާ އަލީ، މުހައްމަދު އަހްމަދު، މުހައްމަދު އައުސް އަދި ޝާޒް މުހައްމަދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ ސާނަވީ އިމްތިހާނުން މުޅިރާއްޖެއިން 1 ވަނައިގައި ހިމެނު  ދަރިވަރުންނަށް 24000 ރުފިޔާގެ އެލަވަންސްއެއް ދޭން ކަނޑައަޅާފައިވާ ކަަމަށެވެ.

ރޭގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އިނާމު ހާސިލްކުރި ދަރިވަރުންނަކީ، މިދިޔަ އަހަރު ސާނަވީ ތައުލީމްގެ މަރްހަލާ ފުރިހަމަކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ އެންމެ އަލިގަދަ ތަރީން ކަމުގައެވެ. އަދި ކުދިން ހޯދާވަނަތަކުގެ ސަބަބުން އެކަމާ ފަޚުވެރިވާނީ ހަމަ އެކަނި އެކުދިންގެ ބެލެނިވެރިންނާ މުދައްރިސުންނެއް ނޫން ކަމަށާއި، މުޅި ދިވެހި ޤައުމުވެސް މިއަދު އެކުދިންނަށްޓަކައި ފަޚުރުވެރިވާ ކަމަށެވެ.

” ތައުލީމީ، ހުނަރުވެރި ޒުވާނުން، ޤައުމުގެ ހުރިހާ ދާއިރާއަކަށް ވެސް މިއަދު މި ވަނީ ނުހަނު ބޮޑަށް ބޭނުންވެފަ. އެކި ކުދިންގެ ކިބައިގާ ހުންނާނި އެކި ހުނަރު. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ސާނަވީ ސްކޫލް ނިންމާ އިމްތިހާނުތަކުން ރާއްޖޭން އެއް ވަނަ ހޯދި 45 ދަރިވަރުންނަށް ތައުލީމީ ފަންޑުން ދެއްވާ ސްކޮލާޝިޕްގެ ލިޔުމާއި ރައީސް ދެއްވާ އިނާމު އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ. މި ދަރިވަރުންނަށް އެވޯޑް ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މިދިޔަ އަހަރުގެ ސާނަވީ ސްކޫލް ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން ރާއްޖޭން 1 ވަނަ 14 ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ. ރޭގެ ޖަލްސާގައި ސްކޫލް އެޗީވްމަންޓް އެވޯޑް 37 ސްކޫލަކުން ހާސިލްކޮށްފައިވާއިރު ސްކޫލް ޕްރޮގްރެސް އެވޯޑް 72 ސްކޫލަކުން ވަނީ ހާސިލްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !