18 ޖުލައި 2019 ( ބުރާސްފަތި )

ފުނާޑް ކޯރޭޓިވް ސޮސައިޓީން 3 ފަރާތަކާއެކު އަލަޗިޕްސް ވިއްކުމާއި ޕްރޮމޯޓް ކުރުމުގެ އެއްބަސްވުން ގާއިމުކޮށްފައި ވޭ.

ފުވައްމުލަކުގެ އަލަޗިޕްސް އެއަރޕޯރޓް ޑިއުޓީ ފްރީން

ފުނާޑު ކޯޕަރޭޓިވް ސޮސއިޓީން އުފައްދާ އަލަ ޗިޕްސް އިތުރަށް މާކެޓްކުރުމަށާއި ވިއްކުމަށް އެއަރޕޯރޓްގެ ޑިއުޓީ ފިހާރަތަކުގައި ބެހެއްޓުމަށް މޯލްޑިވް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެކު މިއަދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މިއަދު މިިނިސްޓްރީ އޮފް އެގްރިކަލްޗަރުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީތަކަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެ މިނިސްޓްރީގެ ނުވަތަ ސަރުކާރުގެ އެހީއަށް އެދުނު ކޮންމެކަމެއް ވަރަށް ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ. މިއަދު ވި އެއްބަސްވުމާއެކު އެއަރޕޯރޓްގައި އަލަޗިޕްސްގެ އިތުރު ޕްރޮމޯޓް ކުރުމުހެ ހަރަކާތްތްތަކެއް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބާއްވައި ދޭނެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެމިނިސްޓްރީ މެދުވެރިވެގެން ޑިއުޓީ ފްރީ ފިހާރަތަކަށް މިހާތަނަށް ތައާރަފުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން އެންމެ ހިނގަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް ކަމަށެވެ.

މިއަދު ވެވުނު އެއްބަސްމުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ އެވެ. އަދި ފުނާޑް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން އެ ކޯޕަރޭޝަނުގެ ޗެއާޕާސަން މުހައްމަދު ޝަފީގު އަދުނާނެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އާދިލް ވިދާޅުވީ ޑިއުޓީ ފްރީގައި ފިހާރާގައި ފުނާޑް ކޯޕަރޭޓިވް ސޮސައިޓީން މިހާރު ބަހައްޓާފައިވާ އުފެއްދުންތަކަކީ އެންމެ ރަނގަޅަށް ވިކޭ ޕްރޮޑަކްޓްތައް ކަމަށެވެ. އަދި އެކުންފުނިން އަބަދުވެސް ދިވެހި އުފެއްދުންތަކަށް ބޭނުންވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ އުފެއްދުންތައް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ފުނާޑު ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރޕާސަން ޝަފީގު މީޑިއާއަށް ވިދާޅުވީ އެކޯޕަރޭޝަނުން އަލަޗިޕްސްގެ އިތުރު ރަހަތަކެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށެވެ. އަދި އެކޯޕަރޭޓިވްގެ އަލަޗިޕްސްއަކީ %100 ދިވެހި އުފެއްދުމެއް ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުގެ  މޯލްޑިވިއަން ފްލައިޓްތަކާއި މެގަ މޯލްޑިވްސްގެ ފްލައިޓް ތަކުގައި ފުވައްމުލަކުގެ އަލަޗިޕްސް ވިއްކަން ބެހެއްޓުމުގެ އެއްބަސްވުން ގާއިމުކޮށްފައެވެ.

މާލޭގެ މާރުކޭޓުގައި ފުވައްމުލަކުގެ “ތެލުލި އަލަ” ނުވަތަ އަލަޗިޕްސް އަށް ވަރަށް ރަގަޅު މާކެޓެއް އަބަދުވެސް އޮވެއެވެ. ތެލުލި އަލަ ޑަބިޔަލެއް ގެ އަގު ލޯކަލް މާރުކޭޓްގައި އާއްމުކޮށް ހުންނަނީ 250 ރުފިޔާ އަށެވެ. މީގެ އިތުރުން ޕެކެޓްގައި ބަންދުކޮށްގެން ވެސް އާއްމުކޮށް ތެލުލި އަލަ މިހާރު ލިބެން ހުރެއެވެ. ރާއްޖޭގެ ބައެއް ރިޒޯޓްތަކަށްވެސް ފުނާޑު ކޯޕަރޭޓިވް ސޮސައިޓީގެ އަލަޗިޕްސް ވިއްކަމުން ގެންދެއެވެ.


ކިޔުންތެރިންގެ ޚިޔާލު