A wide advertisement which will be shown on all devices. (700 x 100)

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުން އަތުލައިގަންފައިވާ މަސްތުވާތަކެތި - ފޮޓޯ: ފުވައްމުލަކު ޕޮލިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު 19 އަހަރުގެ މީހަކު ފުވައްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެގަން އަވަށު ޒިކުރާ އިންސްޓިޓިއުޓް ކައިރިންކަމަށެވެ.

“ފުލުހުންގެ ބެލުމުގެ ދަށައް އޭނާ ގެނެސް ބަލައިފާސްކުރިއިރު އެނާ ހުރި ދިމާލު ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 01 ރަބަރު ޕެކެޓް ވަނީ ފެނިފައި، އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރުއުޅޭ ތަން ބަލާފާސްކުރިއިރުއެގޭ ގުދަނެއްގެ ތެރޭގައި އަޅާފައިއޮތް ތަރަފާލު ދަށުން ބްލެޓް ސައިޒުގެ 03 ރަބަރު ޕެކެޓާއި 32 ކުދި ރަބަރު ޕެކެޓް ފެނިފައިވޭ” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !