A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބިންތައް ވިއްކާލަނީ

ފުވައްމުލަކުގެ މުހިންމު ބިންތަކެއް ސަރުކާރުން ވިއްކުމަށް ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލަށް ހައުސިންގ މިނިސްޓްރީ އިން އަންގައިފިއެވެ.

މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ހައުސިންގ މިނިސްޓްރީ އިން ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ ބިމުގެ މުހިންމުކަން ބޮޑު އެހެން ރަށްތަކުންވެސް ބިން ވިއްކުމަށް ނިންމާފައިވެއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރ ހުސައިން ސައީދު (ގާޒީ) މިއަދު ވިދާޅުވީ ފުވައްމުލަކުން ބިން ވިއްކުމަށް ނިންމާފައިވާތީ ކަންބޮޑުވުން ތަކެއް އެބަހުރިކަމަށެވެ. އެގޮތުން ފުވައްމުލަކުގެ ބިން ސަރުކާރުން ވިއްކުމަށްފަހު ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީއަށް ނަގަން ހަމަޖެހިފައިވާ ކަމަށާއި އެފައިސާއިން ފުވައްމުލަކުގެ ތަރައްގީ އަށް ބޭނުން ނުކުރެވޭ ކަމަށެވެ.

” ފުވައްމުލަކުގެ ބިމުން ލިބޭ ނަފާއަކީ މިރަށު ރައްޔިތުންގެ ހައްގެއް، މާލެ ރައްޔިތުންނަށް ދޭންޖެހޭ ޖިޒީއެއްނޫން، ސަރުކާރުން މިރަށުގެ ބައެއް ބިންތައް ވިއްކަން ނިންމާ އިއުލާން ކުރަން ތައްޔާރުވެއްޖެ، މިކަމާއި ދެކޮޅަށް އަޑުއުފުލާން އެބަޖެހޭ” ހުސައިން ސައީދު ވިދާޅުވިއެވެ.

ހުސައިން ސައީދު އިތުރަށް ވިދާޅުވީ “ބިންވިއްކުމަށްފަހު ފުވައްމުލަކު ތަރައްގީއަށް އެފައިސާ ބޭނުންކުރެވެން ޖެހޭނެ، އެކަމަކު މިހާރު އެގެންދާގޮތުން ފުވައްމުލަކަށް އެއްވެސް ރެވެނިއުއެއް ނުލިބޭ، ބިން ވިއްކުމަށް ހައުސިންގ މިނިސްޓްރީ އިން ނިންމާފައިމިވަނީ ބިމާއި ބެހޭ ގާނޫނުގެ ދަށުން ގަވައިދަށް ބަދަލުތަކެއްގެނެސްގެން، އެހެންކަމުން މިއީ ކަންބޮޑުވާކަމެއް، ފުވައްމުލަކުގެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާ ކުރަންޖެހޭ ގޮތަށް މެނުވީ ބިން ވިއްކިގެން ނުވާނެ” ކަމަށެވެ.

މިކަލް ނޫހަށް އެގިފައިވާ ގޮތުގައި ފުވައްމުލަކު ފަސް ސަރަހައްދެއް ވިއްކުމަށްޓަކައި އަތޮޅު ކައުންސިލަށް އެސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދޭތޯ ހައުސިންގ މިނިސްޓްރީން އެދިފައިވެއެވެ. އަދި އެސަރަހައްދު ތަކަކީ ފުވައްމުލަކުގެ އެންމެ މުހިންމު ސަރަހައްދުތަކެވެ. އެގޮތުން މިހާރު ލޯކަލް މާރުކޭޓް ހުރި ސަރަހައްދާއި، ހޮސްޕިޓަލާއި ފީދިފަންނާއި ދޭތެރޭ އޮތް ހުސްބިމާއި، ފުލެޓް އަޅާސަރަހައްދުގެ ބިމެއް ހިމެނެއެވެ. އަދި މިގޮތަށް ވިއްކާލުމަށް ހަމަޖައްސާފައި މިވަނީ ބޭރުގެ ފަރާތްތަކަށް ކަމެއް ނުވަތަ ދިވެހިންނަށްކަމެއް ހައުސިންގ މިނިސްޓްރީން އަންގާފައެއް ނުވެއެވެ.

ގާނޫނު އަސާސީއަށް ގެނައި ބަދަލާއި އެކު ބޭރުގެ ފަރާތްތަކަށްވެސް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނޫ އަސާސީ އިސްލާހްކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !