ފުވައްމުލަކުގެ ނުވަ ކައުންސިލްގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް ހުށަހަޅާފައިވަނީ ހަމައެކަނި ތިން ކައުންސިލުން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވީ ފުވައްމުލަކު ނުވަ ކައުންސިލްގެ ތެރެއިން މިއަހަރުގެ ހަ މަސްދުވަހުގެ ރިޕޯޓް ހުށަހަޅާފައިވަނީ ފުވައްމުލަކު އަތޮޅު ކައުންސިލާއި، މާދަޑު ކައުންސިލްގެ އިތުރުން ފުނާޑު ކައުންސިލުން ކަމަށެވެ.
“ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2015 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް ހުށަހަޅަފައިވަނީ ސިޓީ ކައުންސިލްގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގެ ތެރެއިން 16 ކައުންސިލަކުން، އަދި އަތޮޅު ކައުންސިލްތައް މެދުވެރިކޮށް 110 ރަށު ކައުންސިލުން ރިޕޯޓް ހުށަހަޅާފައިވޭ” އެލްޖީއޭ އިން ވިދާޅުވިއެވެ.
ރިޕޯޓްތައް ހުށަހެޅިކައުންސިލްތަކުން އެކައުންސިލްތަކުގެ ގޫނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް އެކައުންސިލްތަކަށް މަރުހަބާ ދަންނަވާކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނުގެ 108 ވަނަ މާއްދާއާއި 109 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކޮނެމް އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއައަހަރެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް އެލްޖީއޭ އަށް ހުށަހަޅަން ޖެހެއެވެ.އަދި ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ރިޕޯޓް ހުށަހަޅަން ޖެހެއެވެ.
ޚިޔާލުތައް