A wide advertisement which will be shown on all devices. (700 x 100)

މޫސުން އިތުރަށް ގޯސްވެދާނެތީ ރައްޔިތުން ސަމާލުވުމަށް

ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރެޑް ކްރެސެންޓް ވޮލަންޓިއަރުން ކުރިއަށް ގެންދަނީ

މިހާރު ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި އިތުރަށް ގޯސްވެ ވައިގަދަވެދާނެ ކަމަށްމެޓް އޮފީހުން ބުނެފައިވާތީވެ އެކަމަށް ސަމާލުވުމަށް އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އެސްއެމްއެސްގައި ބުނެފައިވަނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން އެމެޖެންސި ހާލަތެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް 6865001 އަތޮޅު ކައުންސިލް އިދާރާ އަށް ނުވަތަ 6869119 ފަޔާސްޓޭޝަން ނުވަތަ 6865013 ޕޮލިސް ސްޓޭޝަނަށް އެންގެވުމަށެވެ.

ފުވައްމުލަކަށް ރެއާއި މިއަދު ކުރި ވިއްސާރައިގެ ގެއްލުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުވައްމުލަކު ކައުންސިލްތަކުންނާއި ޕޮލިސް، އެމްއެންޑީއެފް އަދި ރެޑް ކްރެސެންޓް ޏ.ބްރާންޗް އިން ކުރިއަށް އެބަގެންދެއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް އިން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

“ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ. ވީމާ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން” މެޓް އޮފީހުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !