A wide advertisement which will be shown on all devices. (700 x 100)

ކުޑަ ދެ އަންހެންކުދިންނަށް މަސްތުވާތަކެތިދީގެން، ބްލެކް މެއިލްކޮށް ހަށިވިއްކުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ބައެއްމީހުން ދޫކޮށްލައިފި

ދާދީ ފަހުން ފުވައްމުލަކުގައި، ކުޑަކުދިންތަކަކަށް މަސްތުވާތަކެތި ދީގެން ބަރަހަނާ ވީޑިއޯކޮށް ބްލެކް މެއިލްކޮށް ހަށިވިއްކުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި 20 މީހުންގެ ތެރެއިން 8 މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދިންގޮތުގައި، އެމީހުން ދޫކޮށްލީ ބަންދުގަިއ ބައިތިއްބައިގެން ތަހުގީގު އިތުރަށް ކުރިޔަށް ގެންދަން ނުފެންނާތީ ކަމަށެވެ. ނަމަވެސް އެމައްސަލާގައި ހައްޔަރުކުރި 20 މީހުންގެ ތެރެއިން ބާކީތިބި 12 މީހުންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ކޯޓުން ޖަހާފައިވާކަމަށެވެ.

މިމައްސަލާގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އެއްބަޔަކު ދޫކޮށްލައި އަނެއްބަޔެއްގެ ބަނދުގެ މުއްދަތު އިތުރުކުރިއިރު މައްސަލައާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ އާއިލާ މީހުންނަށް ވެސް ނުލިބޭކަމުގެ ޝަކުވާތައް ވަނީ ރަށުތެރޭގައި ގިނަވެފައެވެ.

މިމައްސަލައާއި މެދު ރަށުތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން ދެއެވެ. ބައެއް މީހުން އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރާއިރު އަނެއްބަޔަކު އެއީ ބަޔަކަށް ބޮނޑިއެއް ދިނުމުގެ ގޮތުން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ވެސް ސިފަކުރެއެވެ. 

މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު ތަނަވަސް ދެފަރާތަކުން ގާނޫނީ ވަކީލުންގެ ދެމީހަކު ރަށަށް ގެނެސް މައްސަލާގައި ކުރިޔަށް ދާން އުޅުނުކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބުނެވެ. އަދި ގާނޫނީ ވަލީކުންގެ ދެމީހުން ފުރައައިގެން ދިޔައީ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ ބައްދަލުކޮށް މައްސަލައިގެ އެއްވެސް ސުވާލެއް އެއިރު  ނުކުރެވޭ ކަމަށާއި މައްސަލާގެ މައުލޫމާތު ސާފުނުވާކަމަށް ބުނެއެވެ. 

މިމައްސަލއަކީ ވަރަށް ބޮޑު، ގިނަބަޔަކު ހިމެނޭ މައްސަލައެއް ކަމުން މުޅިރާއްޖޭގެ މީޑިއާގައި މިމައްސަލައިގެ ކަންބޮޑުވުން އިންތިހާއަށް އުފުލިގެން ދިޔަނަމަ ވެސް ކަމާ ގުޅޭ ފަރާތްތަކުން އެކަށީގެންވާ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. މައްސަލައިގެ ހަގީގަތާއިމެދު އާއްމުން ދެކޭގޮތް ވަރަށް ބޮޑަށް މިހާރު ބަދަލުވެފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތުދިން ފުވައްމުލަކުގެ މީހަކު ބުންޏެވެ. އެއީ މައްސަލައިގެ ކުރިއެރުމެއް ނުފެނި މައްސަލަ ދިގުލައިގެން ދިއުމުން ކަމަށް އޭނާ ބުންޏެވެ. 

ގުޅޭ ބައެއް ލިޔުންތައް:

ހަށިވިއްކި މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި  12 ޖުލައި 2015 17:05

ކުޑަ ދެ ކުދިންލައްވާ ހަށިވިއްކުވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް  11 ޖުލައި 2015 22:43

ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ބުލެކްމެއިލްކޮށް އެކުދިންލައްވާ ހަށިވިއްކަމުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި.  11 ޖުލައި 2015 04:24

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !