10 ޑިސެމްބަރ 2019 ( އަންގާރަ )

ގެއްލިގެން ހޯދަމުންދާ ޖަމީލާ ބޭގަން. ފޮޓޯ : މާދަޑު ކައުންސިލް

ބަންގުލަދޭޝް އަންހެނަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު މާދަޑު އަވަށުގެ ގެއެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގުލަދޭޝް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުވައްމުލަކު މާދަޑު ކައުންސިލުން ބުނިގޮތުގައި މާދަޑު ގެއެއްގައި މަސައްކަތްކުރާ ބަންގުލަދޭޝްގެ ޖަމީލާ ބޭގަން ގެއްލިގެން އެކައުންސިލަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އޭނާ އާއި ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ 6865013 ފުވައްމުލަކު ޕޮލިސް ސްޓޭޝަން ނުވަތަ 7930041 އަށް ގުޅުއްވައި އަންގަވައި ދެއްވުން އެދޭ ކަމަށެވެ.

މާދަޑު ކައުންސިލުން ބުނިގޮތުގައި މިއަދުގެ ވަގުތެއްގައި ގެއްލިގެން އުޅޭ މީހާއި ގުޅުނު ކަމަށް އެގޭގެ މީހުން މައުލޫމާތު ދިންކަމަށެވެ، އަދި އޭނާ ފިލާފައިވަނީ މުސާރަ ކުޑަކަމުން ކަމަށް ބުނެފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގުލަދޭޝް މީހުން އެމީހުން ރާއްޖެ ގެންނަ ފަރާތަށް ފިލައިގެން އުޅެމުން ގެންދެއެވެ.


ކިޔުންތެރިންގެ ޚިޔާލު