ތައިލެންޑްގެ ބެންކޮކްގައި މިއަދު ގޮއްވާލި ބޮމުން ފުވައްމުލަކު ހަނދުވަރުދޭގެ އިސްމާއިލް ފަސީހް (ފަސީ) އާއި އޭނާގެ އަންހެނުން އަދި އަންހެނުންގެ ދައްތަ އާއި ދައްތަ ފިރިމީހާ ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.
ފަސީހް މިއަދު ކުރި ޓްވީޓެއްގައި ބުނެފައިނީ “ސެންޓްރަލް ވޯލްޑް ކައިރިން ގަދަ އަޑާއި އެކު އެމީހުން ތިބި ކާރުވެސް ވަރަށް ބޮޑަށް ވައިބްރޭޓްވި ކަމަށެވެ. ނަމަވެސް އެވަގުތު އެއީ ބޮމެއް ގޮވިކަމެއް ނޭގޭ، ނަމަވެސް ހޮޓަލަށް ދެވުނު ފަހުން އެގުނީ އެއީ ބޮމެއް ގޮއްވާލިއަޑުކަން” ފަސީހް ބުންޏެވެ.
ހަވީރު ނޫހަށް ފަސީހް ބުނިގޮތުގައި މި ހާދިސާ ހިގީ ގާތްގަނޑަކަށް 100 ވަރަކަށް ފޫޓު ކައިރިން، ބޮން ގޮވީ އޭނާ ދަތުރުކުރި ކާރު ބޮން ގޮވި ތަނުން ދަތުރުކުރިތާ ދެތިން މިނެޓް ފަހުން ކަމަށެވެ.
+1
+1
ޚިޔާލުތައް