19 ނޮވެމްބަރ 2018 ( ހޯމަ )

banner

ދަސްވާރު ޕްރޮގުރާމްގެ އެމްއޯޔޫގައި މުއައްސަސާތަކާއި އެކު ސޮއިކުރަނީ. ފޮޓޯ: އޭއީސީ

ދަސްވާރު ޕްރޮގުރާމްގައި ތަމްރީންދޭ މުއައްސަސާތަކާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދަސްވާރު ޕްރޮގުރާމްގައި ހިމެނޭ ދަރިވަރުންނަށް ތަމްރީންދޭ މުއައްސަސާތަކާއި އެކު އެސުކޫލުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ ގުރޭޑް 10 ގެ ދަރިވަރުންގެ ތެރެއިން ދަސްވާރު ޕޮރޮގުރާމްގައި ބައިވެރިވެފައިވަނީ 71 ދަރިވަރުން ކަމަށާއި އެދަރިވަރުން ތަމްރީން ކުރުމަށް ފުވައްމުލަކު 13 މުއައްސަސާއާއި އެކު އެއްބަސްވުމެއް ހެދިފައިފައިވާ ކަމަށެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަސްވާރު ޕޮރޮގުރާމްގައި އެސުކޫލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އީނާސް އަލީ އެވެ. މުއައްސަސާތަކުގެ ފަރާތުން ސޮއިކުރެއްވީ އެމުއައްސަސާތަކުގެ ވެރިންނެވެ.

މިއީ އެޑިއުކޭޝަނުން ފައްޓަވާފައިވާ ޕްރޮގުރާމެކެވެ. މިޕްރޮގުރާމް ފުރިހަމަ ކުރާ ދަރިވަރުން ޖިސީއޯލެވެލް އިމްތިހާނުގައި ބައިވެރިވާކަށް ނުޖެހެއެވެ. ނަމަވެސް މިޕްރޮގުރާމް ނިންމުމުން ޖީސީއީ އޯލެވެލްގެ 3 މާއްދާއިން ފާސްވުމާއި އެއްވަރުގެ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި އެކުދިން ވަޒީފާތަކަށް ދިޔުމުގައި މިސެޓްފިކެޓް ބޭނުން ކުރެވޭނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު