A wide advertisement which will be shown on all devices. (700 x 100)

ފިޝަރީޒް އެންޑް އެގުރިކަލްޗަރ މިނިސްޓަރ މަސްވެރިންނާއި ދަނޑުވެރިންނާއި ބައްދަލުކުރަނީ

ފުވައްމުލަކުގެ އުފެއްދުމެއް ކަމަށްވާ "ކަންނަ" ބްރޭންޑްގެ ތެލުލި އަލަ ޕެކެޓެއް ޑރ.ޝައިނީ (ކ) ދައްކާލަނީ

ފިޝަރީޒް އެންޑް އެގުރިކަލްޗަރ މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ފުވައްމުލަކުގެ މަސްވެރިންނާއި ދަނޑުވެރިންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވީ ފިޝަރީޒް އެންޑް އެގުރިކަލްޗަރ މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މިމަހުގެ 25 ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި މިދަތުރުގައި ފުވައްމުލަކު ދަނޑުވެރިންނާއި މަސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“ދަނޑުވެރިނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހު ހެނދުނު 8:45ގައި ، މަސްވެރިންނާއި ބައްދަލުކުރުން އޮންނާނީ އެދުވަހު ހަވީރު 16:15 ގައި އަތޮޅުކައުންސިލްގެ ކުރުދުމާ މާލަމްގައި، އަދި މިބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ދަނޑުވެރިންނާއި މަސްވެރިން ރަށުކައުންސިލްތަކުގައި ނަންނޯޓްކުރެއްވުން އެދެނެ” އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !