15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ތަފާތުގޮތްގޮތަށް ދަނީ ލިބެމުން: އަތޮޅު ކައުންސިލް

ފުވައްމުލަކު ފެނާއި ނަރުދާމާ ނިޒާމް ޤާއިމްކުރުމަށްޓަކައި ހަނދަންޖެހޭ އީ.އައި.ޢޭ ރިޕޯޓް ނިމިއްޖެ: އަތޮޅު ކައުންސިލް

ފުވައްމުލަކު ފެނާއި ނަރުދާމާ ނިޒާމް ޤާއިމްކުރުމަށްޓަކައި ހަދަންޖެހޭ އެންވަޔަރމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީ.އައި.ޢޭ.) ރިޕޯޓް ނިމިއްޖެކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލް އިން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން މިހެން ހާމަކޮށްފައިވަނީ ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުންދާތީ، އެކަމުގެ ޝަކުވާ ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ތަފާތުގޮތްގޮތަށް ލިބެމުންދާތީ، މިކަމުގައި އަތޮޅު ކައުންސިލްއަށް ލިބިފައިވާ މައުލޫމާތު، ފުވައްމުލަކު ރައްޔިތުންނަށް ހިއްސާކުރުމަށް ނެރުނު ނޫސްބަޔާނެއްގައިއެވެ.

މި ނުސްބަޔާނުގައިވާ ގޮތުގައި ފުވައްމުލަކުގެ ފެނާއި ނަރުދާމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ހަދަންޖެހޭ އެންވަޔަރމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީ.އައި.ޢޭ.) ނުވަތަ ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ ސާރވޭ ހަދައި އޭގެރިޕޯޓް ނިންމާފައިވާ ކަމަށެވެ. އަދި 11 އޯގަސްޓް 2015 ވަނަ ދުވަހު މި ރިޕޯޓްގެ ކޮޕީއެއް ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ލިބިފައިވާ ކަމަށްވެސް އެ ނޫސްބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އަދި މިއީ މިހާތަނަށް ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތް ކަމަށް، ފުވައްމުލަކު އަތޮޅު ކައުންސިލްއަށް ލިބިފައިވާ މައުލޫމާތުކަމަށް އެ ކައުންސިލްއިން ހާމަކުރައްވައެވެ.

ފުވައްމުލަކު ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވައްސަވަރުން ފެށިގެން ޤާއިމް ކުރުމަށް މަސައްކަތްކޮށް، މިއަދާއި ހަމަޔަށްވެސް ގާއިމް ނުކުރެވިފައިވާ ނަރުދަމާގެ ނިޒާމެކެވެ. 2007 ވަނަ އަހަރުވެސް ފުވައްމުލަކު ނަރުދަމާ ގާއިމް ކުރުމަށްޓަކައި، ތިމާވެއްޓަށް ކުރާނެ ނެދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ސާރވޭއެއް ވަނީ ކޮއްފައެވެ. ނަމަވެސް ސާރވޭއާއި ހިސާބުން މަސައްކަތް ދިޔައީ މަޑުޖެހިގެންނެވެ.

ނަރުދަމާއަކަށް ނިހާޔަތަށް ބޭނުންވެފައިވާ ފުވައްމުލަކު ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު އުއްމީދަކީ، މިފަހަރު ސާރވޭ އާއި ހިސާބުން މަސައްކަތް ނުހުއްޓި، މި މަސައްކަތުގެ އަމަލީ މަސައްކަތްފެށި ކައިރި މުސްތަޤްބަލެއްގައި ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްވެގެން ދިޔުމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު