A wide advertisement which will be shown on all devices. (700 x 100)

ބޮޑެތި މީހުންނަށް އުގަންނައި ދިނުމުގެ ޕްރޮގުރާމެއް ފައްޓައިފި

ފުވައްމުލަކުގައި ދިރިއުޅޭ ބޮޑެތި މީހުންނަށް އުގަންނައި ދިނުމުގެ ޕްރޮގުރާމެއް ފައްޓައިފިއެވެ.

ފުވައްމުކަލަކު އަތޮޅު ކައުންސިލުން ވިދާޅުވީ ފުވައްމުލަކު އަތޮޅު ކައުންސިލާއި ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑެތި މީހުންނަށް އުގަންނައި ދިނުމުގެ ޕްރޮގުރާމެއް ފެށިގެން ކުރިއަށް ގެންދާކަމަށެވެ. އަދި މިޕްރޮގުރާމްގައި 88 ބޭފުޅުން ބައިވެރިވެފައިވާ ކަމަށެވެ.

“މިޕްރޮގުރާމްގައި ކިޔަވައި ދެއްވާ މާއްދާތަކުގެ ތެރޭގައި ދިވެހި، އިގިރޭސި އަދި ހިސާބު ހިމެނޭ، ހިސާބާއި އިގިރޭސި ކިޔަވާދެނީ 2 ލެވެލް އަކަށް ބަހާލައިގެން، އެއީ ލެވެލް 3 އަދި ލެވެލް 5 އަށް، ލެވެލް 3 އަމާޒުކޮށްފައިވަނީ ޕްރައިމަރީ ތައުލީމް ހާސިލްކޮށްފައި ނުވާ ފަރާތްތަކަށް” އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން އިތުރަށް ވިދާޅުވީ ލެވެލް 5 އަމާޒުކޮށްފައިވަނީ ބައިވެރިންގެ ތެރެއިން ޕްރައިމަރީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. މިކުލާސްތައް އޮންނާނީ ބަންދުދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ 8:30 އިން 10:30 އަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގައިކަމަށެވެ. އަދި މިޕްރޮގުރާމް 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނާއި ހަމަޔަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !