A wide advertisement which will be shown on all devices. (700 x 100)

ޤުރުއާން މުދައްރިސުން ތަމްރީން ކުރުމުގެ ޑިޕްލޮމާ ކޯހެއް ފައްޓައިފި

ފުވައްމުލަކު އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތެއްގައި ބައިވެރިވި ސްކޫލް ކުދިންތަކެއް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލާއި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ގުރުއާން މުދައްރިސުން ތަމްރީން ކުރުމުގެ ޑިޕްލޮމާ ކޯހެއް ފައްޓައިފިއެވެ.

އަތޮޅު ކައުންސިލުން ވިދާޅުވީ މިރޭ ފެއްޓުމަށް ހަމަޖެހިފައިވާ ޤުރުއާން މުދައްރިސުން ތަމްރީން ކުރުމުގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވެފައިވަނީ 2014 ވަނަ އަހަރު ހިންގި ޤުރުއާން މުދައްރިސުން ތަމްރީން ކުރުމުގެ އެޑްވާންސް ކޯސް ނިންމި 26 ފަރާތުންކަމަށެވެ.

“ކައުންސިލުން އެދެނީ އެޑްވާންސް ސެޓްފިކެޓް ކޯހުން ބައިވެރިން ހޯއްދެވި ކާމިޔާބީއާއި އަދި ކޯސް މެދުނުކެޑި ކުރިއަށް ގެންގޮސްދެއްވައި ރަގަޅު ނަތީޖާ އާއި އެކު ކޯސް ނިންމާލުން” އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން އިތުރަށް ވިދާޅުވީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ފުރަތަމަ ގާއިމްކުރި ވާޗުއަލް ކުލާސްރޫމް މިރަށުގައި ގާއިމްކުރެވި އެމަރުކަޒުން ކޯސްތައް ފުވައްމުލަކު ރައްޔިތުންނަށް ފޯރުކޮށްދެވޭތީވެ އެކަމާއި ނިހާޔަތަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފުވައްމުލަކުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ޤާރީ ކޯސްތަކެއްވެސް ހިންގަމުން ގެންދެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ތައުލީމް ހާސިލް ކުރަމުން ގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !