15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

އައިސްޕްލާންޓެއް ގާއިމް ކުރުމަށް މިފްކޯ އާއި ހަވާލުކޮށްފި

ފުވައްމުލަކުގެ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ގޮތުން އައިސްޕްލާންޓެއް ގާއިމް ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ފިޝަރީޒް މިނިސްޓްރީ އިން ހަވާލުކޮށްފިއެވެ.

އައިސްޕްލާންޓެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވީ އައިސްޕްލާންޓްގެ ސަބަބުން ފުވައްމުލަކާއި ހާއްސަކޮށް މިސަރަހައްދުގެ އަތޮޅު ތަކުގެ މަސްވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މިރަސްމިއްޔާތުގައި މިފްކޯއިން ވިދާޅުވީ މިއައިސް ޕްލާންޓްގެ ދަށުން 2.5 ޓަނުގެ އައިސް އުފެއްދޭނެކަމަށެވެ.

މިއަދު ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިފްކޯ އިން އައިސްޕްލާންޓެއް ގާއިމްކުރުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބް އަޙުމަދު ހާފިޒެވެ. މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑް މެންބަރ އަލީ ޝަރީފެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު އަދި މެދު ދާއިރާގެ ދެ މެމްބަރުންކަމަށްވާ އަލީ ޝާހް އާއި އަލީ ފަޒާދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު