23 މެއި 2019 ( ބުރާސްފަތި )

banner

ވާލުގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންކުރާ އަލްޓްރާ ސޮނިކް އާލާތް މަސައްކަތް ކުރާ ގޮތް. ގްރެފިކްސް : ޝިހާބު

ފުވައްމުލަކުގައި ވާލުގެ އުދަގުލުން ސަލާމަތްވާ އާލާތެއް ޓެެސްޓު ކުރަނީ

ގިނަ އަދަދަކަށް ދަނޑުވެރިކަމުގެ މަސައްކަތްކުރާ ފުވައްމުލަކުގައި ފަހަކަށް އައިސް ވާލުގެ އުނދަގޫ ވަރަށް ބޮޑުވެފައި ވާތީ ވާލުގެ އުނދަގުލުން ސަލާމަތް ކުރުމަށް “އަލްޓްރާ ސޮނިކް” އާލާތެއް ޓެސްޓް ކުރުމަށް އެގްރިކަލްޗަރަށް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. ޝައިނީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވާލުގެ އުނދަގުލުން ސަލާމަތްވުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އަލްޓްރާ ސޮނިކް ބެޓް ރިމޫވަލް ޑިވައިސް ރާއްޖޭގައި ފުރަތަމަ ޓެސްޓްކުރާ ރަށަކަށް ފުވައްމުލައް ވެގެން ދާނެކަމަށެވެ.

ނަމަވެސް މިކަން ފަށާނެ ވަކި ދުވަހެއް މިނިސްޓރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލަކަކީ ކުރިން އެއްވެސް ވަރަކަށް ވާ ދިރިއުޅުނު ރަށެއް ނޫނެވެ. އެއާއެކު މޭވާގެ ބާވަތްތައް ގަސްގަހުގައި ދޮންވެ ފައްކާވެފައި ކުރިން ގިނަ އަދަދަކަށް ހުރިކަމުގައި ވިޔަސް މިހާރު އެއީ ވަރަށް ނާދިރުކަމެކެވެ. ރަށުގައި ހައްދާ މޭވާ ގަސްތަކުގައި މޭވައެއް ކިރިޔާ “ހަރުވާއިރަށް” ވާލު އޮންނަނީ އެއެއްޗެއް ކާލާފައި ކަމަށް ބުނެ ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. 

“އަލްޓްރާ ސޮނިކް ބެޓް ބްލާސްޓަރ” އަކީ ވާ މުއާސަލާތު ކުރާ ގޮތް ބަލައިގެން އުފައްދާފައިވާ އާލާތެކެވެ. އެއާލާތުގައި ބޭނުންކުރާ “ސޯނާ” ސިސްޓަމުން ވާލުން ފޮނުވާ އަޑުގެ ސިގްނަލްތައް (ސައުންޑް ވޭވްސް) އެކި ގޮތްގޮތަށް ބުރުއްސާލައެވެ. އެއާއެކު އަނބުރާ ވާލަށް ލިބެން ޖެހޭ ސިގުނަލް އެކަށީގެންވާ މިންވަރަށް ނުލިބި ކާނާ ހޯދަން އުނދަގޫވެގެން އެއުޅޭ ހިސާބެއް ދޫކޮށް ދާންޖެހެއެވެ.

2001 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މިއާލާތަކީ %100 ކާމިޔާބު އެއްޗަކަށް ނުވިޔަސް، ފާއިތުވި 5 އަހަރުގެ ނަތީޖާއިން ދައްކާ ގޮތުން %92 ކާމިޔާބު ކަމަށް މިއާލާތް އުފައްދާ ކެނެޑާގެ ކުންފުންޏަކުން ހާމަކުރެއެވެ. 

ނަމަވެސް މިހާތަނަށް މިއާލާތް ބޮޑަށް ޓެސްޓް ކުރެވިފައި ވާނީ ގޭގޭގައެވެ. ގެއަށް އަންނަ ވާލުތައް ނާންނަ ގޮތަށް ހެދުމަށެވެ. އެކަމަކު ގޯތިތެރޭގައި ގަސް އިނަދައިގެން ހައްދާ ބަގީޗާތަކުގައި ވެސް މިހާރު މި އާލާތް އަންނަނީ ބޭނުކުރަމަުންނެވެ. 

ޑީސީ ކަރަންޓް އެޑަޕްޓަރަކުން ނުވަތަ ސީ ސައިޒުގެ ބެޓަރީގައި ވެސް މިއާލާތް ބޭނުންކުރެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު