A wide advertisement which will be shown on all devices. (700 x 100)

ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ސުނާމީ އަށްފަހު އައިއެފްއާރްސީން ބެހި ކަޅުހަން. ފުވައްމުލަކުގައި ބުއިމަށާއި ކެއްކުމަށް ގިނައިން ބޭނުންކުރަނީ މިހަމުގައި ރައްކާކުރާ ވާރޭފެން. ފޮޓޯ: ސަމާމް / މިކަލްނިއުސް

ބޯފެން އުފައްދައި ފުޅީގައި ބަންދުކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
ފުވައްމުލަކަށް ދިމާވެފައިވާ ސާފު ބޯފެން ނެތުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން، ބޮޓްލް ވޯޓަރ އުފައްދައި ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ފާއިތުވި އޮގަސްޓްމަހު ތެރޭވެސް ވަނީ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް އެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
އަތޮޅު ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، ބޮޓްލް ވޯޓަރ ބިޑް ކާމިޔާބުކުރާ ފަރާތަށް އެމަސައްކަތްކުރުމަށް ބަނދަރު ސަރަޙައްދުން ބިމެއް ކުއްޔަށްދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބިން ކުއްޔަށްދޫކުރަން ހަމަޖެހިފައިވަނީ 25 އަހަރަށް ކަމަށާއި، ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ބިމުކުލި ކުޑަކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދިނެވެ.
އާބާދީގައި 11،000 ވުރެ ގިނަމީހުން އުޅޭ ފުވައްމަލަކުގެ 1700 އެއް ހާ ގޭބިސީގައި ބުއިމަށާއި ކެއްކުމަށް ގިނައިން ބޭނުންކުރަނީ ވާރޭފެނެވެ. މޫސުމީ ބަދަލާގުޅިގެން ކޮންމެ އަހަރަކުވެސް ފެނަށް ޖެހެއެވެ. އަދި ވާރޭފެނުގެ ޒަރީޢާއިން ބަލިތައްޖެހި ޞިއްޙީ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !