14 ނޮވެމްބަރ 2018 ( ބުދަ )

banner

އޭއީސީގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން-- ފޮޓޯ ޕޮލިސް

ބްލެކްމެއިލް ކުރުމާއި ޖިންސީ ގޮނާ ކުރުމާއި ބޭހޭގޮތުން، ހޭލުންތެރި ކުރުވުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި

ބްލެކްމެއިލް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބެހޭގޮތުން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

29 އޯގަސްޓް ވީ ހޮނިހިރު ދުވަހު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަންގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ން ފެށިގެން މަތީގެ ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ގިނަ ޢަދަދެއްގެ އަންހެން ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މި ސެޝަންގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި ޏ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙުމާނުގެ އިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސާޖަންޓް އަޙްމަދު ފާރިޝް ވަނީ ދަރިވަރުންނަށް މައުލޫމާތު ދީފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު