A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީގެ ބޮޑު ޖަލްސާއެއް ރޭ ފުވައްމުލަކުގައި ބާއްވައިފި

އެމްޑީޕީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ބައިވެރިން. ފޮޓޯ: ތަލާލު

ގިނަ ދުވަސްތަކަކަކަށް ފަހު އެމްޑީޕީގެ ސިޔާސީ ބޮޑު ޖަލްސާއެއް ފުވައްމުލަކުގައި ރޭ ބާއްވައިފިއެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރަކު ހާޒިރުވި މިޖަލްސާ ބޭއްވީ ފުވައްމުލަކު މެދުދާއިރާގެ ހަރުގޭގައެވެ. 

ރޭގެ ޖަލްސާގައި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވިއެވެ. އެމްޑީޕީގެ މެންބަރު، އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފު ވިދާޅުވީ ސަރުކާރުން ނުސީދާ ގޮތުން ރައްޔިތުން އަތުން ޓެކްސްނަގާ އިތުރު ކުރަމުން ދާކަމަށެވެ. އެގޮތުން ފުވައްމުލަކު އެއަރޕޯރޓަށް ވަންނަ ވެހިކަލް ތަކުން ފީނެގުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ. 

ރޭގެ ޖަލްސާގައި އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ޝާފީގެ އިތުރުން ހޯދަޑު ކައުންސިލްގެ ރައީސް އަބްދުﷲ ނާސިރާއި އެމްޑީޕީ އިސް ހަރަކާތްތެރިއެއް ކަމަށް ވާ އިބްރާހިމް ހަސަން (މަންޑޭލާ) ވެސް ވާހަކަ ދެއްކެވިއެވެ.

ކުރީގެ މަޖުލިސް މެންބަރު އަހުމަދު އަބްދުﷲ ރޭގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިސަރުކާރު ބަދަލުކޮށްލެވޭނެ ކަމަށެވެ. އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީ ކަމަށެވެ. އެމްޑީޕީގެ ނާއިބުރައީސް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ކަންތައް ވުމަށް ބޭނުންވާތީ ސަރުކާރުން “ކުޑަ ކަކޫ މައްޗަށް ތިރިވެ” އެމްޑީޕީގެ ހަރަކާތްތައް މަޑުޖައްސާލަދޭން އެދުނީ އެމްޑީޕީގެ އެތަށް އެދުމެއް ވެސް ފުރިހަމަކޮށް ދިނުމަށް އެއްބަސް ވެގެން ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ވައުދާއި ޚިލާފުވުމަކީ އެމްޑީޕީ ނިކަމެތި ވެގެން ދިއުމެއް ނޫންކަމަށެެވެ. 

އެމްޑީޕީގެ ހަރަކާތްތައް މިހާރު މިފެށުނީ ކަމަށާއި މިމަހު 11ގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި އެޖަލްސާއަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވާކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއްކަމަށްވާ ފުނާޑު ވުޖޫދު އަބްދުﷲ އަހްމަދު އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ. އަދި އެމްޑީޕީއާއި އަލަށް ގުޅުނު 250 މީހުންގެ ފޯމް ހަވާލުކުރުންވެސް އޮތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !