A wide advertisement which will be shown on all devices. (700 x 100)

ފުލައިމީގެ ދަތުރުތައް ފުވައްމުލަކަށް ފަށަން ތައްޔާރުވަނީ

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ފުވައްމުލަކާއި އައްޑު އަތޮޅަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފްލައިމީ އިން ހާމަކޮށްފިއެވެ. މީގެ ކުރިންވެސް ފުވައްމުލަކާއި އައްޑު އަތޮޅަށް ޚިދުމަތްދީފައިވާ ފްލައިމީ އާއި ހަވާލާދީ މިހާރުން ހާމަކުރި ގޮތުގައި އެއެއާލައިން މިހާރު ދަނީ އަލުން ދަތުރުތައް ފެށުމުގެ ގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި މިފަހަރު ދަތުރުތައް ފެށޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށްވެސް ފްލައިމީ އިން ހާމަކުރެއެވެ.

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ހަމައެކަނި މޯލްޑިވިއަން އިންނެވެ. ފްލައިމީން ފުވައްމުލަކަށް ދަތުރުތައް ފެށުމާއިއެކު ފުވައްމުލަކަށް ދަތުރުކުރުމުގެ އަގަށް ބޮޑެު ބަދަލެއް އައިކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ފްލައިމީގެ ދަތުރުތައް ގައި 2013 ގައި ފެށުނު ނަމަވެސް ދަތުރުތައް 2015 ގައިވަނީ ހުއްޓާލާފައެވެ. އަދި އޭގެ ފަހުން އަލުން ދަތުރުތައް ފެށުމަށް ވަނީ ހުއްދަ ނުދީފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !