A wide advertisement which will be shown on all devices. (700 x 100)

ކުރީގެ ރަސްމީދަނޑު، ރަސްމީ ބޭނުންތަކަށާއި, ހިތްއުފާކޮށްލާ މައިޒާނެއްގެ ގޮތުގައި ތަރައްޤީ ކުރަނީ…

ކުރީގެ ރަސްމީދަނޑު

ފުވައްމުލަކު ރަސްމީދަނޑު، ރަސްމީ ބޭނުންތަކަށާއި އައިލާތައް އެއްވެ ހިތްއުފާކޮށްލާ މައިޒާނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ނިންމަވައިފިއެވެ.

ރަސްމީދަނޑު ތަރައްޤީ ކުރުމައްޓަކައި ރަނގަޅު ޕްލޭނެއް އުކުލަވާލުމައްޓަކައި، ކޮންސެޕްޓެއް ހެދުމަށް އަތޮޅު ކައުންސިލުން މިހާރުވަނީ އަންމުކޮށް ހުޅުވާލާއިފަ އެވެ.

އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށައަޅާ ފަރާތަކަށް 10000(ދިހަ ހާސް) ރުފިޔާގެ ގެ ފައިސާގެ އިނާމެއް، ލިބޭ މި ކޮންސެޕްޓް ހުށައެޅުމުގެ ފުރުސަތު، އުމުރުން 15 އަހަރު ވެފައިވާ އަމިއްލަ ފަރާތްތަކަށާއި، ކުންފުނި ތަކަށާއި، އިންވެސްޓްމެންޓްތަކައް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ފުވައްމުލަކުގެ އެއާޕޯޓާއި، ބަނދަރުގައި މަރުހަބާ މޮނިއުމެންޓެއް، ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް، ހުށައެޅުމަށް ވެސް ފުވައްމުލަކު އަތޮޅު ކައުންސިލުން، އާންމުކޮށް ހުޅުވާލާފައެވެ. މިކަމަށްވެސް އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށައަޅާ ފަރާތަކަށް 5000 (ފަސް ހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

މި ކޮންސެޕްޓްތައް، 05 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލަށް ހުށައަޅަން ޖެހެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !