18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ތަމްރީން ޕްރޮގުރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިވެހި ރެޑް ކްރެސެންޓް

ދިވެހި ރެޑް ކްރެސެންޓްއިން ދެ ތަމްރީން ޕްރޮގުރާމެއް ފުވައްމުލަކުގައި ފަށައިފި

ދިވެހި ރެޑް ކްރެސެންޓްއިން މާލެ ފިޔަވައި ރެޑް ކްރެސެންޓް ގޮތްޕެއްގައި ބާއްވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ދެތަމްރީން ޕްރޮގްރާމް ކަމަށްވާ އެޑްވާންސްޑް ބްރާންޗް ޑިވެލޮޕްމަންޓް (އޭބީޑީ) އަދި ބްރާންޗް އޮގަނައިޒޭޝަނަލް ކެޕޭސިޓީ އެސެސްމެންޓް (ބޮކާ) ތަމްރީން ދިވެހި ރެޑް ކްރެސެންޓް ޏ. ގޮފީގައި މިއަދު ފުވައްމުލަކުގައި އިފްތިތާޙްކޮށްފިއެވެ.

ދިވެހި ރެޑް ކްރެސެންޓް އިން ވިދާޅުވީ މިތަމްރީން ފެސިލިޓޭޓްކޮށްދެއްވުމަށްޓަކައި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރ.ސީ) އޭޝިއާ ޕެސިފިކް ޒޯން ވޮލަންޓިއަރ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޑެލިގޭޓާއި، ނޭޝަނަލް ސޮސައިޓީސް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޑެލިގޭޓާއި، ސައުތު އޭޝިއާ ރީޖަނަލް ޑެލިގޭޝަންގެ ސީނިއަރ ރީޖަނަލް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް މެނޭޖަރގެ އިތުރުން އަފްގާނިސްތާން ރެޑް ކްރެސެންޓް ސޮސައިޓީގެ ޑިރެކްޓަރ އޮފް ބަދަޚްޝާން ބްރާންޗް ބައިވެރިވެވަޑައިގަންނަވައެވެ. 7 ދުވަހަށް ދެމިގެންދާ މިދެތަމްރީންގައި ދިވެހި ރެޑް ކްރެސެންޓްގެ ހދ، ނ، ޅ، މާލެ، ތ، ޏ އަދި ސ ގެގޮފިތަކުން 4 ގޮފި ސެކްރެޓަރީއާއި 3 ގޮފި އެސިސްޓެންޓުންގެ އިތުރުން ގޮފި ބޯޑުތަކުން 6 މެމްބަރުންނާއި ގަވަރނިންގ ބޯޑުގެ ދެމެމްބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ހެނދުނު ޏ. އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޏ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ފަލާޙް ޝަރީފެވެ. މިރަސްމިއްޔާތުގައި ދިވެހި ރެޑް ކްރެސެންޓްގެ ދެވަނަ ނައިބު ރައީސް އަހްމަދު ނިޖާހު އާއި އަމީން ޢާންމު ޢަބްދުލްރައްޒާޤު އިބްރާހީމާއި، ޏ. ގޮފީގެ ޗެއަރޕަރަސަން މަރިޔަމް ޙަމީދާގެ އިތުރުން ގަވަރނިންގ ބޯޑުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެތަމްރީންގެ މައިގަނޑު މަޤްސަދަކީ ދިވެހި ރެޑް ކްރެސެންޓްގެ ހުރިހާ ގޮފިތަށް މިހާރަށްވުރެ ހަރުދަނާކޮށް، ގޮފިތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް މުޖުތަމައުތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމެވެ.    

banner

ކިޔުންތެރިންގެ ޚިޔާލު