18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކުގެ މަގުގެ ޙާލަތު ބަޔާން ކޮށްދިނުމަށް ސޯޝަލް މީޑީއާގައި ރައްޔިތަކު އާއްމުކޮށްފައިވާ ފޮޓޯއެއް. ފޮޓޯ ހުސޭން ވަފީރު

ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ފުވައްމުލަކުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ. ދިހަ ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ފުވައްމުލަކުގެ ރައްޔިތުންގެ، 10 އަހަރަށް ވުރެ ދިގު އިންތިޒާރަކަށްފަހު، މިފަހަރު އިޢުލާން ކޮށްފައި ވަނީ “ކޮންސްޓްރަކްޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް” ގައިމުކޮށް ދޭނެ ފަރާތެއް ހޯދުމަށެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މި ޕްރޮޖެކްޓަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނި ހާމަކޮށްފައެވެ. އެގޮތުން މި ޕްރޮޖެކްޓަށް ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުންނާއި ކުވައިތް ފަންޑް ފޮރ ޢަރަބިކް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯން އެހީގެ ވަނީ ހަމޖެހިފައެވެ.

މިމަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގައި ދިވެހިރާއްޖޭގެ ކުންފުނިތަކާއި ކުވޭތުގެ ކުންފުނިތަކަށް އިސްކަންދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ ޕްރިކޮލިފިކޭޝަނަށް ހުށަހަޅަން ޖެހެނީ 14 ސެޕްޓެމްބަރުން ފެށިގެން 8 އޮކްޓޯބަރުއާއި އާއި ދެމެދުއެވެ. ކުރިމަތިލާ ކުންފުނިތަކުގެ ކޮލިފިކޭޝަން އިތުރުކުރުމުގެ ގޮތުން އިތުރު ކުންފުނިތަކާ ގުޅިގެން ވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ.

2006 ވަނަ އަހަރު ފުވައްމުލަކަށް ޒިޔާރްތކުރެވި ވޯލްޑް ބޭންކުގެ އެއިރުގެ ނާއިބު ރައީސް، ފުވައްމުލަކުގެ ބައެއް އިސް ފަރާތްތަކާއި އަތޮޅުގޭ ގޯތި ތެރޭގައި ބައްދަލުކުރައްވައި ވިދާޅުވީ، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގެ ނަރުދަމާއާއި ބޯފެން އެޅުމަށް ހިލޭ އެހީ ހަމޖެހިފައިވާ ކަމަށެވެ. އަދި އެއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭނެކަމުގެ އުއްމީދު ރައްޔިތުންނަށް ދެއްވިކަމަށް އެބައްދަލުވުމުގައި ބައިވެރިވި އެއިރު ޏ.އޭއީސީ ގެ ޓީޗަރަކު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ނަމަވެސް އެޕްރޮޖެކްޓް ފުވައްމުލަކުގައި ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ބައެއް ނުރަސްމީ ޚަބަރުތަކުން އެގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުން ފަހުން ބަދަލުކޮށްލީ ހއ. ދިއްދޫ އާއި މެދު ރާއްޖެތެރޭގެ އެހެން ކުޑަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމު ކުރުމަށެވެ.

ފުވައްމުލަކުގެ ބިމުގެ ފެންފަށަލަ ތަޣައްޔަރުވެ ބިމުން ނަގާ ފެން ބޭނުން ނުކުރެވޭތާ މިހާރު 10 އަހަރަށް ވުރެވެސް ގިނަ ދުވަސް ވީއެވެ. މިކަމުގެ ހައްލަކަށް ރައްޔިތުން އެދި ގޮވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ގިނަ ރައްޔިތުން މިފަދަ ޕްރޮޖެކްޓްތައް ރައްޔިތުން މިހާރު ބަލައިގަންނަނީ މަސައްކަތް ނިމުމުން އެކަންޏެވެ. ކުރެވޭ އީއުލާނަކުން، އެޅޭ ބިންގަލަކުން އަދި އެކްނ ގަބޫލު ނުކުރެވޭތީއެވެ. އެއީ އެކި ސަރުކާރުތަކުން ވަފައިވާ މިފަދަ ވައުދުތައް ފުއްދުމުގައި ގެންގުޅެމުން އަންނަ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.

ރާއްޖޭގެ އެކި ސަރުކާރުތަކުން އަބދުވެސް ބުނަމުން އަންނަނީ އަސާސީ ޚިދުމަތްތައް ދިނުމުގައި އިސްކަން ދެވެނީ އާބާދީގެ ނިސްބަތުން ކަމަށެވެ. ނަމަވެސް ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުދެވި އެއަށްރެ އާބާދީ އެތަށް ގުނައެއް މަދު ކުދި ރަށްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެކި ސަރުކާރުތަކުން އަންނަނީ ދެމުންދެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު