13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

މަޖިލީހުގެ އިންތިޚާބަށް އިދާރީ ދާއިރާތައް ކަނޑައަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ރިޕޯޓުގައިވާ ގޮތުން އަންނައަހަރު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ކަނޑައެޅިފައިވަނީ 87 ގޮނޑިއެވެ. އެއީ މިހާރުގެ މަޖިލީހަށްވުރެ 2 ގޮނޑި އިތުރު އަދަދެކެވެ. އިތުރުވި ދެގޮނޑިއަކީ މާލެސިޓީ އަށް އިތުރުވި ދެގޮޑިއެކެވެ. ނަމަވެސް އެބަދަލު ކަމާއިގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ފަހުން އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ އަދަދު ކަނޑައަޅާފައިވަނީ މިދިޔަ މެއި މަަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ފުވައްމުލަކު ސިޓީގެ އާބާދީއަކީ 11977 އެވެ. މިއާބާދީ ތިން ދާއިރާއަށް ބަހާލުމުން ޖެހެނީ 3992 މީހުންނެވެ. އާބާދީ ނިސްބަތުން އެންމެ ބޮޑު ދާއިރާއަކީ ކުރިއެކޭ އެއްގޮތަށް ފުވައްމުލަކު އުތުރު ދާއިރާއެވެ. މިދާއިރާގެ އާބާދީއަކީ 4928 އެވެ. އަދި މެދު ދާއިރާގެ އާބާދީއަކީ 4121 އެވެ. ދެކުނު ދާއިރާގެ އާބާދީއަކީ 3846 އެވެ. ވަކިވަކި އަވަށްތަކަށް ބަލާއިރު ކުރިއެކޭ އެއްގޮތަށް އެންމެ ބޮޑު އާބާދީއެއް ހިއްސާކުރަނީ ދޫޑީގަން އަވަށުންނެވެ. އެއީ 2125 އެވެ. ދެވަނަ އެންމެ އާބާދީ ބޮޑު މިސްކިތްމަގުގެ މިފަހަރުގެ އާބާދީއަކީ 2011 އެވެ. ކުރިއާއި ޚިލާފަށް ހޯދަޑުގެ އާބާދީ މިވަނީ ދަޑިމަގާއި ފުނާޑުގެ އާބާދީއަށްވުރެ ކުރިއަށް ޖެހިލައި ތިންވަނައަށް އެންމެ ބޮޑު އާބާދީއަށް ވެފައެވެ. ހޯދަޑުގެ އާބާދީއަކީ 1725 އެވެ. ފުވައްމުލަކުގެ އެންމެ ކުޑަ އާބާދީއަކީ މާލެގަން އަވަށުގެ އާބާދީއެވެ. އެއީ 1006 މީހުންނެވެ.

banner


ކިޔުންތެރިންގެ ޚިޔާލު