23 މެއި 2019 ( ބުރާސްފަތި )

banner
Yamin

ރައީސް ޔާމީނަށް 1.5 މިލިއަން ޑޮލަރު ވޯޓުގެ ކުރިން ލިބުނު – އަލްޖަޒީރާ

މިދިޔަ ރިއާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައީސް ޔާމީނުގެ ބޭންކް އެކައުންޓަށް 1.5 މިލިއަން ޑޮލަރު ވަދެފައިވާ ރާއްޖޭގައި ގާއިމްވެފައިވާ އެންޓިމަނީ ލޯންޑަރިން ބޮޑީއަކާއި ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފިއެވެ. މިފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވިފައިވާ އެކައުންޓަށް އެފައިސާ ވަދެފައިވަނީ ދެފަހަރެއްގެ މަތިން ކަމަށާއި އެކަމާއިގުޅޭ ސިއްރު ސިޓީއެއް އަލްޖަޒީރާއަށްވެސް ލިބިފައިވާކަމަށް އަލްޖަޒީރާއިން ހާމަކުރެއެވެ. އެސިޓީއަކީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެކްޓިން ޕޮލިސް ކޮމިޝަނާރ އަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ސިޓީއެކެވެ.

ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު 648,508 ޑޮލަރާއި ސެޕްޓެމްބަރު 10 ވަނަ ދުވަހު 810,635 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ. އަދި އެ ފައިސާތައް ފަހުން ނަގާފައިވާ ކަމަށް ވެސް އަލް ޖަޒީރާއިން ބުނެފައިވެއެވެ.

އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ބޭންކުން އެ ފައިސާއާއި ބެހޭ ގޮތުން ސުވާލު ކުރުމުން އެ ފައިސާއަކީ ކެމްޕޭންގައި ބޭނުން ކުރަން އަމިއްލަ ކުންފުނިތަކުންނާއި އެހެން ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް ބޭންކަށް އަންގާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބު ބާއްވާތާ 30 ދުވަހުގެ ތެރޭގައި އިންތިހާބަށް ލިބިފައިވާ އެހީތައް ލިބުނު މިންވަރާއި، ދިނީ ކޮން ފަރާތަކުން ކަން ހާމަ ކުރަން ޖެހޭނެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު