20 ޖުލައި 2019 ( ހޮނިހިރު )

މިއަދު ހަވީރު ފުވައްމުލަކު ބަނދަރު ސަރަހައްދަށް އެއްވި ޕީޕިއެމް މެންބަރުން

ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ބަނދަރުގައި އަޑު އުފުލައިފި

ރިޔާސީ އިންތިޚާބުގެ ވޯޓު އޮލުވާލި ކަމަށް ބުނެ ޕީޕީއެމް ފުވައްމުލަކުގެ ބައެއް މީހުން މިއަދު ހަވީރު ބަނަދަރު ސަރަހައްދުގައި އަޑު އުފުލައިފިއެވެ. ރިޔާސި އިންތިޚާބުގެ ނަތީޖާތައް ހަދާފައި ވަނީ ޕީޕިއެމް ގެ މެންބަރުން ވޯޓު އޮފިޝަލުންގެ ގޮތުގައި ތިބެގެން ކަން ވޯޓުގެ ކުރިން މީޑިއާއިން ވަނީ ސާބިތުކޮށް ދީފައެވެ. ނަމަވެސް ވޯޓުން ބަލިވުމުން ނަތީޖާއާއި ޝައްކުއު އުފައްދަން ފެށީ 1 ހަފުތާ ފަހުންނެވެ.

މިއަދު ހަވީރު ފުވައްމުލަކު ބަނދަރު ސަރަހައްދަށް އެއްވީ ޕީޕީއެމްގެ ވަރަށް މަދު ބައެކެވެ. ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކަމިޝަނުން އޮޅުވާލާފައި ކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާކަން ހާމަކޮށް އެއްވި މީހުން ވަނީ އިލެކްޝަންސް ކަމިޝަނުގެ މެންބަރުން ރިޝްވަތު ނަގައި ވޯޓު  އޮޅުވާޅފައި ކަމަށް ބުނެ އަޑު އުފުލާފައެވެ. ނަމަވެސް އިލެކްޝަންސް ކަމިޝަނުން ބުނަނީ އިންތިޚާބުުގެ ނަތީޖާ ގަބޫލު ނުކުރާ ކަމުގެ ޝަކުވާއެއް އެ ކަމިޝަން އެއްވެސް ފަރާތަކުން މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ.

މިއަދު ހަވީރު ބަނދަރަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭނީ ޕީޕިއެމްގެ އެކްޓިވިސްޓުން ކޮޅަަކާއި މަދު އަންހެނުން ތަކެއް ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތަކުން ހާމަކުރިއެވެ. ޕާޓީގެ ފުވައްމުލަކުގެ ހަރުދަނާ ބަޔަކު ބައިވެރި ވެފައި ނުވާކަމަށް ވެއެވެ.

ޕީޕީއެމް މެންބަރުން މުޒާހަރާ ކުރަން ނިކުތީ ރޭ ރައީސްް ޔާމީނު އަލުން އިންތިޚާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަވައި މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ގޮވާލާފައި ވަނިކޮށެވެ.

ޕީޕީއެމް މެންބަރުން ނާއި އިދިކޮޅު ޕާޓީތަކުގެ އޮބްޒާވަރުންގެ ހާޒިރުގައި ކޮންމެ ފޮށްޓެއް ވަކިވަކިން ގުނައި ނަތީޖާ ނެރެގެން މުޅި އިންތިޚާބުގެ ނަތީޖާއަށް އިލެކްޝަންސް ކަމިޝަނުގެ މެންބަރުންނަށް ބަދަލު ކުރެވޭނެ ގޮތަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަދި ވަކިން ޚާއްސަކޮށް ޕީޕީއެމްގެ ތާއިދު އޮތް އިލެކްޝަންސް ކަމިޝަނަކުން އެފަދަ ނަތީޖާއެއް ނެރެފާނެ ކަމަކަށް ވެސް އެހެން މީހުން ގަބޫލެއް ނުކުރެއެވެ.

ޕީޕީއެމަށް ބުނެ ނުދެވެނީ ވޯޓުގެ ނަތީޖާގައި މައްސަލަ ހުރީީ ކޮން  ވޯޓު ފޮށްޓެއްގައި ކޮން ތަފާތެއް ކަމެވެ! ހައްތާވެސް ގޮވަނީ އިލެކްޝަންސް ކަމިޝަނުގެ މެންބަރުން ކަރަޕްޝަން ނެގި ކަމަށެެވެ.

ވޯޓު ދިން ގޮތާއި ގުނުމުގައި އަދި ނަތީޖާގައި މައްސަލައެއް ހުރިކަމަކަށް ނުބުނެއެވެ.