15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ޏ.އޭއީސީގެ އަންހެން ވޮލީޓީމު. ފޮޓޯ- ޏ.އޭއީސީ

ވޮލީމުބާރާތުގެ 3 ވަނަ މެޗު ޏ.އޭއިސީއަށް، އަދި ދެވަނަ މެޗް ހޭޒަށް.

މިހާރު ފުނާޑު ކަނދުވަލި ވޮލީ ކޯޓުގައި ކުރިޔަށް ގެންދާ ފުވައްމުލަކު ސްކޫލްތަކުގެ ފުރަތަމަ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ ހޭޒްގެ ޓީމާއި ޏ. އޭއީސީ ގެ ޓީމެވެ. މި މެޗް 2-0 ން ކާމިޔާބު ކުރީ ޏ.އޭއީސީގެ ޓީމެވެ. އޭއީސީ ވަނީ މިމުބާރާތުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެފައެވެ. މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ޏ.އޭއީސީ ޓީމުގެ ޖާޒީ ނަމްބަރ 7 ފާތިމަތު ޖުމީ ޝަޖުމީއެވެ.

ޝަޖުމީ އަންނަނީ މިމުބާރާތުގައި މޮޅުކުޅުމެއް ދައްކަމުންނެވެ. ޏ.އޭއީީސީގެ ޓީމުން ކުޅުނު ދެމެޗުގެ ވެސް މޮޅޮ ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހާސިލުކޮށްފައެވެ. އޭއީސީ ޓީމުގެ ކޯޗަކީ މުހައްމަދު އަހުމަދު (މުއްޓޭ) އެވެ. 

މިމުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު އެމްޖޭއެމްގެ ޓީމާއި ބައްދަލުކޮށް ހޭޒްގެ ޓީމު މޮޅުވެފައި ވަނީ 2 ސެޓް 1 ސެޓުން ނެވެ. މިމެޗްގެ ސެޓްތައް ގެންގޮސްފައި ވަނީ 10 -25، 25-22 އަދި 25 – 14 އިން ހޭޒެ ގެ ޓީމެވެ. މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ހޭޒް ޓީމުގެ ޖާޒީ ނަމްބަރ 11 ޖިވާ ޝަޖުމީއެވެ.

ފުވައްމުލަކު 4 ސްކޫލްގެ އަންހެން ކުދިންގެ މެދުގައި ކުޅެވޭ މިމުބާރާތް ކުރިއަށް ދާނީ މިމަހު 11 އިން 18 އަށެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު