15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ކުރީގެ ނާއިބު ރައީސް ޖަމީލް ރާއްޖެ ވަޑައިގަންނަވައިފި

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޖަމީލް މިއަދު ރާއްޖެ ވަޑައިގެންފައި މިވަނީ އިނގިރޭސިވިލާތުގައި ތިން އަހަރެއްހާ ދުވަސްވަންދެން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށްފަހުގައެވެ.

ޖަމީލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖޭޕީގެ އިސް ބޭފުޅުންނާއި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ.

ޖަމީލް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅާފައި ވަނިކޮށެވެ.

ޖަމީލް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން 2016 ވަނަ އަހަރު ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ޖަމީލަށް ތުހުމަތުތަކެއް ކޮށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފުލުހުން އާންމުކޮށް އިއުލާންވެސް ކޮށްފައިވެ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު