A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ފުޑު ފެއަރއިން 65000ށް ވުރެ ގިނަ ރުފިޔާ ޕީޓީއޭ ފަންޑަށް

ހޭޒްގެ ފުޑް ފެއަރ 2015. ފޮޓޯ: ހޭޒް

ހާފިޒު އަހުމަދު ސްކޫލުގެ މިއަހަރުގެ ފުފުޑް ފެއަރ އިއްޔެ އެސްކޫލުގައި ބާއްވައިފިއެވެ. ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމްއިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވާ މިފެއަރ ކުރިޔަށް ގެންދަނީ ދަރިވަރުންގެ އެކިއެކި ހަރަކާތްތަކަށް ފަންޑު ހޯދުމަށެވެ. 

މިފަހަރުގެ ފެއަރއިން ހޭޒުގެ ޕީޓީއޭއިން ވަނީ 65000 ށް ވުރެ ގިނަ ރުފިޔާ ޕީޓީއޭ ފަންޑަށް ހޯދާފައެވެ. ހޭޒްގެ ލީޑިން ޓީޗަރަކު މައުލޫމާތު ދެއްވި ގޮތުގައި މިހަރަކާތް ކުރިޔަށް ގެންދެވެނީ ސްކޫލުގެ ދަރިވަރުން އެދަރިވަރަކަށް ލިބުނު އެއްޗެއް އެފެއަރގެ ސްޓޯލަށް ލައިގެން ވިއްކައި، ލިބޭ ފައިސާއެއް ސްކޫލުގެ ޕީޓީއޭ ފަންޑަށް ހަދަިޔާ ކުރާ ގޮތަށެވެ. ފެއަރ ކުރިޔަށް ގެންދެވުނީ ހޮނިހިރު ދުވަހު ހެނދުނު 11 ން ހަވީރު 4 ށް އެވެ.

މިފަހަރުގެ ފެއަރގައި އެހެން ފަހަރުތަކާ ޚިލާފަށް ފުޑު ޕެކް ވެސް ތައްޔާރުކޮށްގެން ވިއްކަން ހުއްޓެވެ. އަދި މިއައިޓަމް ތަކަކީ ފެއަރގައި ވަރަށް ހިނގި އައިޓަމް ތަކެއްކަމަށް ވެއެވެ. މީގެ އިތުރުން ފެއަރގެ ސްޓޯލްތަކުން ތަރުކާރީ އާއި މޭވާ އަދި ތައްޔާރީ ކާނާގެ ބާވަތްތައް ގިނަ އަދަދަކަށް ވިއްކާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !