19 ނޮވެމްބަރ 2018 ( ހޯމަ )

banner

ސާފު ޗެމްޕިއަން ކަން ރާއްޖެއަށް ހާސިލުކުރެވުނު މީ 2 ވަނަ ފަހަރު. ފުރަތމަ 2008ގަިއ އަދި މިއަހަރު 2018ގައި. ފޮޓޯ؛ ވަގުތު

ސާފު ޗެމްޕިއަންޝިޕްގެ ތަށި ފުވައްމުލަކަށް ގެންނަނީ

ސާފު ސުޒުކީ ކަޕްގެ ތަށި ފުވައްމުލަކަށް އަންނަ އަންގާރަ ދުވަހު ގެންނަގޮތަށް ހަމަޖެހިއްޖެއެވެ.

ސާފު ސުޒުކީ ކަޕްގެ ތަށި ފުވައްމުލަކަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނިގޮތުގައި ފުވައްމުލަކަށް ތަށި ގެންނާނީ 16 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައިކަމަށެވެ. އަދި އެދުވަހު ތައްޓާއި އެކު އަންނަ އެފްއޭއެމްގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް މަރުހަބާ ކިޔުން ފުވައްމުލަކު ބަނދަރުގައި އޮންނާނެ ކަމަށެވެ.

ފުވައްމުލަކަށް ތަށި ގެނެސް ފުވައްމުލަކު މުއައްސަސާތަކަށް ތަށި ގެންދާގޮތަށް ރޭވިފައިވާ ކަމަށާއި، އަދި އަންގާރަ ވަނަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ތައްޓާއި އެކު ފޮޓޯ ނެގުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި ވެއެވެ.

ސާފު ސުޒުކީ ކަޕްގެ ތަށި ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ސާފް ޗެމްޕިއަންޝިޕްގައި ހިމެނުނު ގައުމީޓީމްގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށެވެ. ފުވައްމުލަކަށް ނިސްބަތް ކުޅުންތެރިޔަކީ ގައުމީ ޓީމްގެ ދެވަނަ ކީޕަރ ތޮލާލްގެ އަންހެނުންނަކީ ފުވައްމުލަކުގެ މީހެކެވެ. އަދި ފައިނަލް މެޗްގައި އިންޑިޔާ ކޮޅަށް ފުރަތަމަ ގޯލް ކާމިޔާބުކުރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ބައްޕައަކީ ވެސް ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.

2008 ވަނަ އަހަރު ދިވެހިރާއްޖެ ހޯދި ސާފު ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ގެންގޮސްފައި ވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު