19 ނޮވެމްބަރ 2018 ( ހޯމަ )

banner

ފުވައްމުލަކުގައި ތަފާތު ގޮތްތަކަށް ދަނޑުވެރިކަން ކުރޭ. އަޅޮއަލަ ދަނޑު، ފަތްކެޔޮ ދަނޑު އެހެނިހެން ގޮތްގޮތަށް ކުރާ ދަނދުވެރިަކން

ހޯދަޑު ދަޑުމަތީގައި ދަނޑުވެރިކަން ކުރަން ހުރި ބިދޭސީއަކަށް ހަމަލާދާފި

ފުވައްމުލަކު ހޯދަޑު އަވަށު ދަޑުމަތީގައި ދަނޑުވެރިކަން ކުރަން ހުރި ބަންގްލާދޭޝް ފިރިހެންނަކަށް ގްރޫޕަކުން ހަމަލާ ދީ ފިއެވެ. އިއްޔެ އިރުއޮއްސުނު ފަހުން ދަނޑުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ދާން ތައްޔާރު ވަނިކޮށް މުނު ނިވާކޮށްގެން ތިބި ގްރޫޕަކުން އައިސް އެ ޒުވާން ފިރިހެނ ްމީހާއަށް ހަމަލާ ދިނީކަމަށް އޭނާގެ ރައްޓެހިން ބުނެއެވެ.

މިހަމަލާގައި އަނިޔާ ލިބުނު ބަނގްލާދޭޝް މީހާ އަށް ރޭވަނީ ފުވައްމުކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވ.

މި ހަމލާ ދިނީ މޫނު ނިވާކޮށްގެން ތިބި 4 މީހަކު ހިމެނޭ ގްރޫޕެއް ކަމަށް އަނިޔާ ލިބުނު ބިދޭސީ މީހަގެ ރައްޓެހިން އޭނާއާއި ހަވާލާ ދީ ބުނެއެވެ، އެ ހަތަރު މީހުން އައިސް ފައިސާ ދިނުމަށާއި އަދި ފޯނު ދިނުމަށް އިންޒާރު ދިންކަމަށެވެ. ނަމަވެސް ދަނޑުގައި މަސައްކަތްކުރާ މީހާ އެކަމަށް އެއްބަސް ނުވުމުން، އެތަނުން އެކަކު އޭނާގެ މޫނުމަޗަށް ހަމލާ ދިނީކަމަށެވެ.

މިހަމަލާ ދިނީ ކޮން ބައެއްކަން އަނިޔާ ލިބުނު މީހާއަށް ބުނަން ނެނގޭކަމަށް ވެއެވެ. މިހަމަލާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަން އެނގޭކަށް ނެތެވެ.

banner


ކިޔުންތެރިންގެ ޚިޔާލު