16 ޖޫޏް 2019 ( އާދީއްތަ )

ފުލައިމީގެ ދަތުރުތައް ފުވައްމުލަކަށް އަންނަމަހު 15 ގައި ފަށަނީ

ވިލާ އެއާގެ ފްލައިމީއިން ފުވައްމުލަކަށް ކުރި ދަތުރުތައް ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އަލުން އަންނަމަހު 15 ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ފުވައްމުލަކާއި އައްޑުއަށްވެސް މިތާރީޚުގައި ދަތުރުތައް ފަށާނެކަމަށްވެއެވެ. މިދަތުރުތައް ފެށުމަށް ބޭނުންވާ ގްރައުންޑް ސްޓާފުން ހޯދުމަށް ވެސް ވިލާއެއާއިން ވަނީ އިއުލާންކޮށްފައެވެ. ގްރައުންޑް އޮޕަރޭޝަނަށް ބޭނުންވާ ގްރައުންޑް އޮޕަރޭޝަން އެސިސްޓެންޓްގެ މަގާމަށް ކުރިމަތިލުމަށް ވިލާ އެއާއިން ހުޅުވާލާފައިވަނީ ނޮވެމްބަރު މަހު 1 ވަނަ ދުވަހާއި ހަމައަށެވެ.

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ހަމައެކަނި މޯލްޑިވިއަން އިންނެވެ. ފްލައިމީން ފުވައްމުލަކަށް ދަތުރުތައް ފެށުމާއިއެކު ފުވައްމުލަކަށް ދަތުރުކުރުމުގެ އަގަށް ބޮޑެު ބަދަލެއް އައިކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ފްލައިމީގެ ދަތުރުތައް ގައި 2013 ގައި ފެށުނު ނަމަވެސް ދަތުރުތައް 2015 ގައިވަނީ ހުއްޓާލާފައެވެ. އަދި އޭގެ ފަހުން އަލުން ދަތުރުތައް ފެށުމަށް ވަނީ ހުއްދަ ނުދީފައެވެ.ކިޔުންތެރިންގެ ޚިޔާލު