A wide advertisement which will be shown on all devices. (700 x 100)

މެމްބަރު ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. މެންބަރު ޝާހުގެ މެންބަރުކަން ނުގެއްލޭ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގައި މިއަދު އޮތް ދުސްތޫރީ މައްސަލައިގައެވެ.

މެމްބަރު ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށްވަނީ ސްޕްރީމް ކޯޓުން ކަނޑައަޅައޮފައެވެ. މެމްބަރު ކަމުގެ ގޮނޑިއާ މެދު މިހާތަނަށް ގޮތެއް ނުނިމިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. މިދެމެމްބަރުންގެ ގޮޑިއާއިމެދުވެސް މިއަދު ގޮތެއް ނިންމާނެ ކަމަށް މީޑިއާތަކުން ހާމަކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ސޮއިކުރުމާއި ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކާއިއެކު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމުމުގެ ސަބަބުން ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލުނުވެ އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !