18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

އެރ

ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

މިރަށުގެ ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފިއެވެ. ރޭހިގި މިހާދިސާގައި ޒަޚަމްވި އުމުރުން 18 އަހަރުގެ ޒުވާނާއަށް ދަނީ ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދެމުންނެވެ. އެ ޒުވާނާގެ ކަރަށާއި ބަނޑަށް ވަޅި ހަރާފައިވާއިރު ހާލު ސީރިއަސްކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ރޭ ޒަޚަމްކޮށްލާފައިވަނީ ހޯދަޑު އަވަށުގެ ޒުވާނެއް ކަމަށާއި އެޒުވާނާ އަށް ހަމަލާދީފައިވަނީ ގޭގައި ހުއްޓާކަމަށްވެސް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

އެ ޒުވާނާ އަށް ވަޅިން ހަމަލަ ދިނީ މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށް ވެ އެވެ. މިމާރާމާރީއާއި ގުޅިގެން އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު