13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

މަސީހު އިސްތިއުފާދެއްވައި ގާސިމް ރައީސްކަމަށް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު މިއަދު އިސްތިއުފާދެއްވައިފިއެވެ. މަސީހުގެ އިސްތިއުފާދެއްވައި ދެއްވީ މިއަދު މެންދުރުފަހުއެވެ. މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް މި އިސްތިއުފާ ދެއްވީ، އެމަނިކުފާނު މަގާމުން ވަކިކުރުމުގެ މައްސަލަ މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

މަސީހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގެ ރައީސަކު ހޮވުމަށް މިރޭބޭއްވުނު ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގާސިމް އިބްރާހިމް އިންތިޚާބު ވެއްޖެއެވެ.

މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާގައި ގާސިމަށް 62 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ. ގާސިމާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ. ވޯޓުލެއްވި މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ވޯޓު ވަނީ ބާތިލް ވެފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި މެމްބަރެކެވެ. އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވެއްޖެ އެވެ.

banner


ކިޔުންތެރިންގެ ޚިޔާލު