18 އޯގަސްޓް 2019 ( އާދީއްތަ )

އެރ

ވަޅިހެރި މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި ރޭ ހިގި ވަޅި ހެރުމުގެ ހާދިސާއާއި ގުޅިގެން ދެވަނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިހާދިސާއާއި ގުޅިގެން ދެވަނައަށް ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއްކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާ އާއި ގުޅިގެން އިއްޔެރޭވެސް ވަނީ 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ.

މި ދެ މީހުން ވެގެން، 17 އަހަރުގެ އަހްމަދު އިނާން އަށް ހަމަލާ ދިނީ އޭނާ ގޭގައި ހުއްޓައި އެގެއަށް ވަދެކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ. މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މާރާމާރީގައި ޒަހަމްވެފައިވާ އިނާނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ހަމަޖައްސާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.ކިޔުންތެރިންގެ ޚިޔާލު