23 މެއި 2019 ( ބުރާސްފަތި )

banner

ރައީސާއި ނާއިބު ރައީސް ދިރިއުޅުއްވާނެ ގެކޮޅު

ނާއިބު ރައީސް ފައިސަލް ހިލާލީގެއަށް

ފުވައްމުލަކަށް ނިސްބަޔްވާ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމު ދިރިއުޅުއް ވާނީ ހިލާލީގޭ ކަމުގައި ހަމަޖެހިއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު ރިޔާސީ ހުވާ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމު ދިރި އުޅުވާނެ ގެތައް މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުވާނީ މުލިއާގޭގައެވެ.

އައު ގާނޫނު އަސާސީ އާއެކު ނާއިބު ރައީސަކު ވެރިކަމުގައި ހިމެނެން ފެށީ 2008 ގެ ރިޔާސީ ދައުރަށް ފަހުގައެވެ. އެފަހަރު ވެސް ކުރީގެ ރައީސް ނަޝީދު މުލިއާގޭގައި ދިރިއުޅުއްވި އިރު ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރުއުޅުއްވީ ހިލާލީގެއެވެ. މިދައުރުގެ ފަހު ބައިގައި ނައިބު ރައީސް ވަހިއްދީނު ދިރިއުޅުއްވީ އަމިއްލަ ޚަރަދުގައި އަމިއްލަ ބޮޑޮސް ރިޒޯޓުގައި ޚާއްސަ ކުރެވިފައިވާ ގެއެއްގައެވެ.

އެއިގެ ފަހުން 2013ގެ ރިޔާސީ ދައުރުގައި ރައީސް ޔާމީނު ފުރަތަމަ އަމިއްލަ ގޭގައި ދިރިއުޅުއްވި އިރު ނާއިބު ރައސިް ޑރ. މުހައްމަދު ޖަމީލު އަޙުމަދު ދިރިއުޅުއްވީ ހިލާލީގޭގައެވެ. މިވެރިކަމުގެ ފަހު ބައިގައި ރައީސް ޔާމީނު ހިލާލީގޭގައި ދިރިއުޅުއްވި އިރު މުލިއާގެ ހުރީ ޕީޕީއެމްގެ ބޭނުންތަކަށާއި އަނބިކަނބަލުންގެ ކެމްޕޭނު ހަރަކާތްތަކުގައި ބޭނުން ކުރާ ގެއެއްގެ ގޮތުގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި 3 ނާއިބު ރައީސުން ތިބި އިރު ޖިހާދު އާއި އަދީބު މިދެގެއިން ކުރެ ގެއަކު ދިރި ނޫޅުއްވައެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފުރަތަމަ ކޮޅު މުލިއާގޭގައި ދިރިއުޅުއްވާފައި ފަހުން ތީމުގޭ ބޮޑު ގަނޑުވަރެއްގޮތަށް ބިނާ ކުރައްވައި އެގެއަށް ރިޔާސި ގަނޑުވަރު ބަދަލުކުރެއްވިއެވެ. އެއާއިއެކު އެގޭގެ ބޮޑު ޚަރަދުތަކާއި މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ނުރުހުން ފާޅުކުރަމުން ދިޔައެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މައުމޫނުގެ ފަހުން އިންތިޚާބުވި ރައީސް ނަޝީދު ތީމުގޭގައި ދިރިއުޅުއްވުމުގެ ބަދަލުހގައި ޚިޔާރު ކުރެއްވި “ކުޑަ” މުލިއާގެއެވެ.

މުލިއާގޭގެ ނަން ނިސްބަތް ވަނީ ރާއްޖޭގެ ރަސްކަން ކުރީން ކުރި މ.މުލީ ދަރިކޮޅަޅެވެ. އަދި ހިލާލީގެ ނިސްބްތް ވަނީ ކުރިން ވެރިކަން ކުރި ހިލާލީ ދަރިކޮޅަށެވެ. ހަމަ އެގޮތަށް ތީމުގެ ނިސްބަތް ވަނީ ކުރިން ވެރިކަން ކުރެއްވި މުހައްމަދު ތަކުރުފާނު ނިސްބަތްވާ ‘އުތީމު’ ގެ ދަރިކޮޅަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު