23 މެއި 2019 ( ބުރާސްފަތި )

banner

ރޭގެ ވަޅި ޖެހި މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފި

ރޭ ދޫނޑިގަމު ގުރޫޕަކާއި ހޯދަޑު ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީޑީއާއަށް މައުލޫމާތު ދެއެވެ. އެތަނުން ބައެއްމީހުން ހައްހައްޔަރު ކޮށްފައިވަނީ އެހާދިސާ ހިނގި ސަރަހައްދުން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

ރޭގެ ހާދިސާއާއި ގުޅިގެން 2 މީހަކު އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލަފާއި ވެއެވެ. އަދި އެކަކު އަމިއްލައަށް އެދިގެން އައްޑު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފޮނުވާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިހާދިސާގައި އެންމެ ސީރިއަސް އަނިޔާއެއް ލިބިފައިވާ، ހޯދަޑު އަވަށަށް ނިސްބަތްވާ އިބްރާހިމް ހަސަން ގެ ބަނޑަށް ވަރަށް ފުންކޮށް ވަޅި ހަރާފައިވާކަމަށާއި، އެނާގެ ބޮޑު ސާޖަރީއެއް މިހާރު އައްޑޫ ހޮސްޕިޓަލުގައި ހަދަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ އިތުރުން އައްޑުއަށް ފޮނުވި ހޯދަޑު މަރިޔާޒުގެ މުހައްމަދު އަމީލު ގެ ބޮލަށް ވެސް ވަޅީގެ ހަމަލާ އަރާފައިވެއެވެ. ނަމަވެސް އޭނާގެ ހާލު މިހާރު ސީރިއަސް ނޫންކަމަށާއި، އޭނާ އަންނަނީ ރަނގަޅު ވަމުންކަމަށް ހޮސްޕިޓަލުން މައުލޫމާތު ހާމަކުރެއެވެ.

ރޭގެ ހާދިސާގައި ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ހޯދި އިތުރު މީހުން ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންގެ ގައިގެ ތަންތަންވެސް ކަފައިގެން ގޮސްފައިވާކަމަށް ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު