A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ 2 ވަނަ ނާއިބު ރައީސް – ފައިސަލް ނަސީމު

މިހާތަނަށް ސަރުކާރުގެ އެންމެ އިސްމަގާމު ފުރުއްވި ފުވައްމުލަކުގެ ބޭފުޅުން

މިއަދު ހަވީރު ފުވައްމުލަކުގެ 2 ވަނަ ނާއިބު ރައީސް ފައިސަލް ނަސީމު ނައިބު ރައީސް ކަމުގެހުވާ ކުރައްވައިފިއެވެ. ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ރިޔާސީ ހުވާކުރުމުގެ ދަރުބާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާއި ނާއިބު ރައީސް ކަމަށް ކަނޑައަޅުއްވާފައިވާ ފައިސަލް ހުވާކުރެއްވީ މިހާތަނަށް ރާއްޖޭގެ ރައީސަކު ހުވާކުރައްވާން ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތުގައެވެ.

ނިމުނު ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނާއިބު ރައީސަކީ ފުވައްމުލަކު ދޫނޑިގަމު އަވަށު ޑރ.މުހައްމަދު ޖަމީލު އަޙުމަދެވެ.

ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ މަގާމަކަށް ސީދާ ގޮތުން ފުވައްމުލަކަށް ނިސްބަތްވާ ފަރާތްތަކުން މިހާތަނަށް ކޮށްފައި ވަނީ މި ދެ ބޭފުޅުންނެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބުރާހިމް ނާސިރުގެ މަންމަ ނިސްބަތް ވަނީ ފުވައްމުލަކަށެވެ. ނަމަވެސް ރަސްމީ ގޮތުން އިބްރާހިމް ނާސިރަކީ މާލޭ ވެލާނާގޭ ބޭފުޅެކެވެ.

މީގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގައި ފުވައްމުލަކަށް ނިސްބަތްވި ދެތިން މިނިސްޓަރުންނެއް ތިއްބެވެ. އޭގެތެރޭގައި ޑރ. މުހައްމަދު ޒާހިރު ހުސޭނާއި، ފަޟީލަތުއް ޝައިޚު މުހައްމަދު ރަޝީދު އިބުރާހިމާއި  ދެބޭފުޅުން އެކުގައި  ކެބިނެޓްގައި ތިއްބެވެ. އަދި ފަހުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ރައީސް މައުމޫނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުކަން ކުރައްވާފައި ވެއެވެ.

ނިމުނު ވެރިކާމާއި މިއަދު ފެށުނު ވެރިކަމުގައި ވެސް މިނިސްޓަރެއްގެ ގޮތުއި ހިމެނޭ ހަމައެކަނި ފުވައްމުލަކު ބޭފުޅަކީ ދޫނޑިގަމު އަވަށު މުހައްމަދު މަލީޙު ޖަމާލު އެކަންޏެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށު މީހާ

    ރިސާޗު މޯ. ވަރަށް މަޢުލޫމާތު ދަށްކަން ފާހާގަ ކުރެވޭ