A wide advertisement which will be shown on all devices. (700 x 100)

ދެކުނު ދާއިރާއިރާ ކަޕްގެ ނަމުގައި އަންހެން ވޮލީބޯޅަ މުބާރާތެއް 25 ގައި ފެށެނީ

މިމުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވާ ކަމަށް ބުނެވޭ މިސްކިތްމަގު ޓީމު. ފޮޓޯ އަލީ އިއްޒަތު-އެފްބީ

އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވަމުން ދާ ”ދެކުނު ދާއިރާ ކަޕް 2015“، އަންހެނުން ގެ ވޮލީމުބާރާތުގެ ފޯރި ފުވައްމުުލަކުގައި އަންނަނީ ގަދަ ވަމުންނވެ. މި ސެޕްޓެމްބަރު މަހު 25 ން އޮކްޓޯބަރ 5 ށް ކުރިޔަށް ގެންދެވޭ މިމުބާރާތަކީ ރަށު ފެންވަރުގެ މުބާރާތެކެވެ.

މިމުބާރާތުގައި 7 ޓީމަކުން ވާދަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ދެކުނު ދާއިރާއަށް ނިސްބަތްވާ ދޫނޑިގަމު އަވަށު ޓީމަކާއި ފުނާޑު އަވަށުގެ ޓީމެއް ހިމެނެއެވެ. މެދު ދާއިރާއަށް ނިސްބަތްވާ މިސްކިތްމަގު ޓީމަކާއި މާދަޑު އަވަށުގެ ޓީމެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ދަނޑިމަގު އަވަށުން ވެސްް ޓީމެއް ބައިވެރިވާނެ ކަމަށް ވެއެވެ.

މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބައެއް ޓީމުތަކުން އަންނީ މުބާރާތަށް ރާއްޖެއިން ބޭރުންނާއި ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން ގެނެސް ޕްރެކްޓިސް ކުރަމުންނެވެ.

އެގޮތުން ފުނާޑު އަވަށުގެ ޓީމުން، ގައުމީ އަންހެން ޓީމުގެ ކޯޗުކަމާއި މާލޭގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުގައި ކޯޗެއްގެ ގޮތުން ފެނިފައިވާ އައްޑޫ އިބްރާހިމް ރަޝީދު (ސަތޯ) ކޯޗުކަމުގައި، މުބާރާތަށް ތައްޔާރުވާން ވަނީ ފަށާފައެވެ. މީގެ އިތުރުން ޓީމު ވަރުގަަދަ ކުރުމުގެ ގޮތުން ފުނާޑު ޓީމަށް ލަންކާގެ ޤައުމީ ވޮލީ ޓީމުގެ ދެ ކުޅުންތެރިއަކު ގެންނަން ވަނީ ތައްޔާރު ވެފައެވެ. އެޓީމަށް ގެންނަނީ ކޭ.ވީ.ޓީ. ޕަންޗާލީ ވިތަނަގެ އާއި ތިލިން ޕެރޭރާ ކމަަށް މައުލޫމާތު ލިބެއެވެ. މިދެ ކުޅުންތެރިން ވެސް މާދަމާ ޓީމާއި ގުޅޭނެ ކަމަށްވެއެވެ.

މުބާރާތަށް އެންމެ ބޮޑުޚަރަދެއްކުރާކަމަށް ބުނެވޭ މިސްކިތްމަގު ޓީމަށް ވެސް ބޭރު ދެކުޅުންތެރިއަކާއި ކޯޗެއް ވަނީ ގެނެސްފައެވެ. އެމީހުންނާއިކު ޓީމުގެ ޕްރެކްޓިސް މިރޭ ވަނީ ބާއްވާފައެވެ. މިސްކިތްމަގު ޓީމަށް ގެނެސްފައި ވަނީ ނޭޕާލުގެ ކޮޕިލާ އަދި ނީމާގެ އިތުރުން ކޯޗެއްގެ ގޮތުން ކަޕިލް ކިޝޯރ ޝްރެސްތާ އެވެ. ކަޕިލް ޝްރެސްތާ އަކީ ނޭޕާލުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ.

ނޭޕާލުގެ މީޑިއާއިން ހާމަކުރާ ގޮތުގައި މިސްކިތްމަގު ޓީމުން މިއިން ކޮންމެ ކުޅުންތެރިއަކަށް 500 ޑޮލަރުގެ މުސާރައެއް ދޭން ވަނީ އެއްބަސް ވެފައެވެ. މިދެކުޅުންތެރިންނަކީ ވެސް ނޭޕާލުގެ ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް ކޮޕިއްލާ އަކީ ނޭޕާލުގައި މަޝްހޫރު މޮޅު ކުޅުންތެރިއެކެވެ. އޭނާ ޚާއްސަ ވެފައިވަނީ ކުރު ޖެހުންތަކާއި ބްލޮކު ކުރުމަށެވެ.

ދަނޑިމަގު އަވަށު ޓީމަށް ގައުމީޓީމުގެ 3 ކުޅުންތެރިއަކު ގެންނަން އުޅޭކަމުގެ ޚަބަރުތައް ލިބެއެވެ.

މާދަޑު އަވަށުގެ ޓީމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗެއް ދޫނޑިގަމު ޓީމާއެކު ކުޅެފައެވެ.

ރާއްޖޭގެ ގައުމީ އަހެން ވޮލީބޯޅަ މުބާރާތް ވެސް ވަނީ ކުރިން ފުވައްމުުލަކުގައި ބާއްވާފައެވެ. އަދި އަތޮޅު ފެންވަރުގެ މުބާރާތްތައް ވެސް ކުރިން ކުޅެފައި ވެއެވެ. އެމުބާރާތްތަކުން ވެސްވަނީ ބޭރުގެ ގިނަ ކުޅުންތެރިންނާިއ ދިވެހި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ފެނިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !